ފްލައިޓް ވެއްޓުމުގެ ކުރިން ސަލާއަށްވަނީ ކާބޮން މޮނޮކްސައިޑްގެ އަސަރުކޮށްފައި

މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި މަރުވި އެމިލިއާނޯ ސަލާއަށް ފްލައިޓް ވެއްޓުމުގެ ކުރިން ކާބޮން މޮނޮކްސައިޑްގެ އަސަރުކޮށްފައި ނުރައްކާވާ މިންވަރަށް ކޮށްފައިވާކަމަށް ތަޙުޤީގު ޓީމުން ބުނެފިއެވެ.

"ޓެސްޓް ތަކުން ދައްކާގޮތުން ސަލާގެ ހަށިގަނޑުގައި %58 މިންވަރަކަށް ކާބޮން މޮނޮކްސައިޑްގެ އަސަރުހުރި. %50 ނުވަތަ އެއަށްވުރެ އިތުރަށް އިންސާނެއްގެ ހަށިގަނޑުގައި ކާބޮން މޮނޮކްސައިޑްގެ އަސަރުހުރެއްޖެނަމަ، އެކަމުގެ ސަބަބުން ސީރިއަށް އަސަރުތަކެއް ސިއްޙަތު ސަލާމަތުންހުރި މީހަކަސް ކުރާނެ." ރިޕޯޓްގައިވެއެވެ.

އުމުރުން 28 އަހަރުގެ އާރޖެންޓީނާގެ ސަލާ 15 މިލިއަން ޕައުންޑަށް ކާރޑިފްއަށްބަދަލުވިކަން އިޢުލާން ކުރިތާ ދެދުވަސްފަހުން އޭނާގެ ކުރީގެ ކްލަބް ނަންޓެސް ކުރު ދަތުރެއް ކުރުމަށްފަހު އޭނާގެ އާ ކްލަބް ކާރޑިފްއަށް ދަތުރުކުރަމުން ދިޔަ މަގުތީ ހިނގި މިހާދިސާގައި ސަލާގެ އިތުރުން އޭނާއާއެކު ދަތުރުކުރި ޕައިލެޓްވެސް ގެއްލުނުވެ.

އަދި ސަލާއާއި އިބޮޓްސަން ނުފެންނާނެކަމަށްބަލައި، އެމީހުން ހޯދުމުގެ މަސައްކަތް 24 ޖެނުއަރީގައި ހުއްޓާލި ނަމަވެސް އަމިއްލަ ފަންޑެއްގެ އެހީގައި އަލުން އެމަސައްކަތްފަށައި ރިމޯޓުން އޮޕަރޭޓްކުރާ މޫދުއަޑީ ދުއްވާ ކުޑަ އުޅަނދެއްގެ އެހީގައި މި ފްލައިޓް ހޯދާފައިވަނީ މިއަހަރުގެ ފެބްރުއަރީ 3ގައެވެ.

އަދި ސަލާގެ ހަށިގަނޑު ޑައިވަރުންނަށް ފެނިފައިވަނީ ހާދިސާ ހިނގިތާ ހަފްތާއެއް ފަހުންނެވެ. ފެނުނު ހަށިގަނޑަކީ ސަލާކަށް ކަށަވަރުކޮށްފައިވަނީ ފިންގަރ ޕްރިންޓްގެ އެހީގައިއެވެ. މީގެއިތުރުން ސަލާ މަރުވެފައިވަނީ މެޔަށާއި ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުންކަމަށްވެސް ބައެއް ރިޕޯރޓްތަކުގައިވެއެވެ. ސަލާއާއެކު ދަތުރުކުރި ޕައިލެޓް ޑޭވިޑް އިބޮޓްސަންގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ. 

ސަލާގެ ހަނދާނުގައި ސަލާ ކުޅުނު ފްރާންސްގެ ނަންޓެސްއިންވަނީ އޭނާ ކުޅުނު ނަންބަރު 9 އިތުރަށް ބޭނުން ނުކުރަން ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް