ހަސަން ލަތީފް - ފޮޓޯ: މަޖިލިސް

ނާޗަރަންގީ ޖަގަހައިގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

މިޔުޒިކް އަޑުއަހާލައި ހާސްކަމެއް ނެތި މަޖާކޮށްލައި، އެއްވެ ތިބެވޭނެ މަރުކަޒު ގާއިމުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު އެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ނާޗަރަންގީ ޖަގަހައިގެ ގަރާރު މިއަދުގެ ޖަލްސާގައި އެގޮތަށް ފާސްވީ، 46 މެމްބަރުންގެ ވޯޓުންނެވެ. ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

މި ގަރާރަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވި ގަރާރެކެވެ.

މި ގަރާރުގައި ސަރުކާރަށް ގޮވާލައިފައިވަނީ، މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށެވެ.

މި ގަރާރާއި ގުޅިގެން މިއުޒިކުގެ ހަރާމް ހަލާލް ކަމާމެދު ބޮޑު ބަހުސެއް ފެށިގެން ގޮސްފައިވާއިރު ރައީސް ނަޝީދާއި އަދި ރައީސް މައުމޫނުވެސްވަނީ މި ބަހުސް އަށް ވައްނަވައި މިއުޒިކަކީ ހަލާލު އެއްޗެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ގިނަ އަދަދެއްގެ ރައްޔިތުންނާއި ގިނަ ދީނީ އިލްމުވެރިންވަނީ މި ޒަމާނުގައި މިކުޅޭ މިއުޒިކު ހަލާލު ނުވާނެކަމަށްބުނެ ވާހަކަފުޅު ދައްކަވައިފައެވެ.

އިދިކޮޅު ފަރާތްތަކުން ސިފަކުރާ ގޮތުގައި މި ގަރާރަކީ ނައިޓް ކްލަބްތަކާއި ނާޗަރަންޖީ ޖަގަހަތަކެއް މާލޭގައި ބެހެއްޓުމަށް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި ގަރާރެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. މީހެއް

    ތިއޮތީ ހިނދިކޮޅު ގެންނަން ފުރުސަތު ފަހިކޮއްދެވޮފައި ދެޖިންސު އެއްކޮށް މަޖާކޮއްލަން ފުރުސަތެއް.

  2. Id boss

    Rangalhu kameh . Talent fennaane .

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ