މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭނުމީ ކާބަފައިން އުޅުނު ރީތި އިސްލާމްދީނުގައި ތިބެން ކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައްޔިތުން ޖަމިލީހުގެ ރައީސް އަދި އެމްޑީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައިވަނިކޮށެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެބޭފުޅާގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތްކުރުން ކަމަށާއި އެމްޑީޕީއަށް އައު އިއްތިހާދެއް ބޭނުންވާ ކަމަށެވެ.
"އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިޔުޒިކް ހަރާމް ނުކުރާ އަދި ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް." ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ހަސަން ލަތީފް މިއަދު ވިދާޅުވީ، އެމްޑީޕީގައި އުންމީދުތަކަކާއި އުސޫލުތަކެއް ވާ ކަމަށާއި އެމްޑީޕީން ބޭނުންވަނީ ކާބަފައިން އުޅުނު ރީތި އިސްލާމް ދީނުގައި ތިބެން ކަމަށެވެ. އަދި ރާއްޖެ އަފްގާނިސްތާނަކަށް ނުވެ ސަލާމަތްވާން އޮތް މަގަކީ މިއީ ކަމަށް ވިދާޅުވިއެވެ.
"އެމްޑީޕީ އާއި ޕީޕީއެމްގައި ވެސް ކޮރަޕްޝަނާއި ވައްކަމާއި ހަރުކަށި ފިކުރު އޯކޭ ނޫން އެތައް މެންބަރުންނެއް އެބަތިބި" ހަސަން ލަތީފް ވިދާޅުވިއެވެ.
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއާއެކު ދެން ސިޔާސީ ގޮތުން ހުރެވެން ނެތްކަމަށް ވެސް ރައީސް ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމިން އާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތު އަށް ތާއީދު ކުރާނަމަ އެމަނިކުފާނު އެބޭފުޅުންގެ އެހީއަށް އެދޭނެކަމަށެވެ.





3 Responses
ބަލަ ޙަސަނާ ! ކާބަފައިން އުޅުނު ރީތި އިސްލާމްދީނުގައި ، ހިނދުކޮޅު އަންނަގޮތަށް އެ ބޯއެއްޗެއްބުއިން ޙަލާލުތަ. އިނބަމެނަށް އެއްވެސް ދީނަކަށް ނޫޅެވިގެންއުޅޭއިރު ، ދިވެހިންގެ ދީނާކުޅެން ނޫޅެންވީނު. އެމްޑީޕީއަކީ ފެށުމުގައިވެސް ، އިސްސަފުގައި ލާދީނީ ފިކުރުގެ މީހުން ތިބި ބަޔެއް. ޤައްޔޫމު ބޭރުކޮށްލަން ބޭނުންވެފަތިބިވަރުން ، އެމްޑީޕީއާ މީހުން ގަޔާވީވެސް. އެހެން ނޫންނަމަ ، ޤާސިމަށްވާވަރުވެސް ނުވާނެ. ރައްޔިތުންނަށް މިހާރު އެނގޭނެ މިޤައުމުގެ ހަލާކަކީ ކޮބައިކަން.
Kaabafain ziyaarathah nadhuru buneves ulhunu
ޢިބްރާހީމް ގެފާނުގެ ޤައުމުގެ މީހުންވެސްބުނި ބޭނުމީ ކާބަފައިންގެ ދީނުގައި ތިބޭށޯ.