އެމްޑީޕީ ދެބައިވީ ރައީސް ނަޝީދު އަދި އެމްޑީޕީ އެކަހެރިކޮށް، ސަރުކާރު ހިންގަން އުޅުމުން: ހަސަން ލަތީފް

އެމްޑީޕީގެ މަސައްކަތް ދެބައިވީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރައީސް ނަޝީދު އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުމުންކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެގޮތުން ހަސަން ލަޠީފް ވިދާޅުވީ، އެމްޑީޕީގެ މަސައްކަތް ދެބައިވީ ޕާޓީއިން ކުރަންބުނި ކަންކަން ކުރަން ސަރުކާރުން ބޭނުންނުވީމައި ކަމަށެވެ. އަދި ސަރުކާރުން ޕާޓީގެ ގުޅުން ހީނަރުކޮށްފައިވާކަމަށް ހަސަން ލަޠީފު ތުޙުމަތުކޮށްފައިވާއިރު، އެމްއެމްޕީއާރުސީއާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކެހުމަކީވެސް ޕާޓީގެ މަސައްކަތް ދެބައިވުމަށް ދިމާވި ސަބަބެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ޖުމްލަކޮށް ރައީސް ނަޝީދު އާ، އެމްޑީޕީ އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުނީމަ." ހަސަން ލަޠީފް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަގަނޑޫ ބޮޑުވެގެން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝިދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހުގައެވެ.

އެގޮތުން އެ މައްސަލައިގެ އިންކުއަރީއެއް މަޖިލީހުން ހަދަމުން އަންނައިރު، އެ ތަހުގީގްގެ މިސްރާބު ބަދަލުކޮށްލުމަށް ސަރުކާރުން މަސައްކަތްކުރާކަމަށް، ރައީސް ނަޝީދަށް ތާޢީދުކުރައްވާ އެމްޑީޕީ މަޖިލިސް ބައެއް މެންބަރުން ދަނީ ވިދާޅުވަމުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި މިމައްސަލަ ވަރަށް ބޮޑަށްވަނީ ހޫނުވެފައެވެ.

މިފަދަ ތުޙުމަތެއް ކުރަމުންދާއިރު، މި މައްސަލައިގެ އިންކުއަރީއަށް ހުރަސްނާޅާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި ވިދާޅުވެފައިވަނީ ނަޝީދަށް ދިން ހަމަލާ ސަރުކާރުން ބަލައި ނުގަންނަކަމަށާއި، މިއީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ގައުމު ދާންވީ ވަގުތެއް ނޫންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Birubodu

    ކެނެރީގޭ ނަސީދުބޭނުންވީ ޔާމީނުއާ ދެކޮޅަށް ތިބިމީހުން ކޯލީސަނަށްވާގޮތަށް އެއްކޮށްގެން އެމްޑީޕީ ފަޅިއަށް ވެރިކަންހޯދާން އެކަންވެއްޖެ ވެރިކަން އެމްޑީޕީއަށް ލިބުނީމާ ނަސީދުބޭނުންވީ ސޯލިހުކައިރީބުނެގެން ވެރިކަން ގެނެސްދިނުމުގައިއުޅުނު މީހުންތަށްދުރުކޮށް އެމްޑީޕީއަށް ސަރުކާރުގެ ހުރިހާމަގާމެއް ހަދަން އިބޫއަކީ ހެޔޮލަފާ ބޭފުޅަކަށްވާތީ އެކަންއިބޫ ޤަބޫލްނުކުރެއްވީ އެހިސާބުން ނަސީދުބޭނުންވީ އިބޫއާދެކޮޅުހަދާ ސަރުކާރުއާއި ރަށްޔިތުން ޖަށްސަން އެކަންތަށް މިދިއަ ދޮޅުއަހަރުތެރޭގައި ހިނގަނީ ވަރަށްސާފް އިނގޭތޮ

    2
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ