ފުލުހުން ނޫސްވެރިންނަށް އައުޤުރާނަ ގޮވާ އަނިޔާކޮށްފިއެވެ.
ފުލުހުން ނޫސްވެރިންނަށް އަނިޔާކޮށްފައިވަނީ މަސައްކަތު މާޙައުލުގައި ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ އާ ދެކޮޅަށް އަޑު އުފުލުމަށް މާލޭގައި ޒުވާނުން މިރޭ ބޭއްވި އެއްވުމުގެ ތެރެއިންނެވެ.
Bae fuluhunah Meeehun hayyaru kuran dhaskohdheyn eba jehey @M_Hameedh
— Fayaz Moosa (@fayaz_moosa) May 1, 2021
އެގޮތުން ބައެއް ނޫސްވެރިން ބުނީ، މިރޭގެ އެއްވުމުގެ ތެރެއިން ހާލަތާއި ނުގުޅޭ ބާރުގެ ބޭނުންކޮށް ބިޑި އަޅުވާ ފުލުހުން ވަރަށް އަނިޔާކޮށްފައިވާކަމަށެވެ. އަަދި މިއީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށްބުނެ ފުލުހުންގެ މިޢަމަލުތައް ނޫސްވެރިންވަނީ ކުށްވެރިކޮށްފައެވެ.
Fuluhunge officer eh kamah vaa BUN YAAMIN , mirey zuvaanun kuriah gendhiya ihthijaaj huhttuvumuge therein vany alhugadu duty adhaa kurnaikoh huras alhaa , “fadaboey” mi hen bun fa. Adhi fuluhun vany mirey noosverinnah aniyaakoh , muzaaharaage anhen baiverin vahttaa aniyaa koh ,
— Jerry Ash-haadh (@kudameedhaa) May 1, 2021
މިރޭގެ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި އަވަސް އޮންލައިންގެ ފޮޓޯގްރާފަރު އަޝްހާދު ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި، މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން އަންހެން ބައިވެރިން ވައްޓާ އަނިޔާކޮށްފައިވާކަމަށެވެ. އަދި އޭނާއާއި ދިމާއަށް ފުލުހުން އައުގުރާނަ ގޮވާފައި ކަމަށް އޭނާ ބުންޏެވެ.
Meekee hama ekani siyaasee party thakah oh haggeh noon ! @M_Hameedh @ibusolih @MohamedNasheed @ShimranAb @PoliceMv @VocMaldives @MvCrisis
— Jerry Ash-haadh (@kudameedhaa) May 1, 2021
ޒުވާނުން މިރޭ ބޭއްވި އެއްވުން ފުލުހުން ހުއްޓުވުމާއި ގުޅިގެން އަޝްހާދު ބުނީ، ދިވެހިރާއްޖޭގެ ޤާނޫނުގެ ތެރެއިން އަޑުއުފުލުމުގެ މިނިވަންކަން ޒުވާނުންނަށްވެސް އޮންނަންވާނެކަމަށާއި، އެއްވުންތައް ބޭއްވުމަކީ ހަމައެކަނި ސިޔާސީ ޕާޓީތަކަށް އޮންނަންވާނެ ޙައްޤެއް ނޫންކަމަށެވެ.
Fuluhun ge reform mirey vara rangalha fenunu. Firihen fuluhaka, anehen kujje hayyaru nukureveyne. Simple kankan mi hunnanee @PoliceMv
— Maathu Hussain (@Meythss_) May 1, 2021
މިރޭ ކުރިއަށް ދިޔައީ ސުލްހަވެރި އިހުތިޖާޖެއް ނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ އަންހެން ބައިވެރިން ބިންމައްޗަށް ވައްޓާލައި ވަރަށް އަނިޔާވެރިކޮށް އަމަލުކޮށްފައެވެ. އަދި އެ މަންޒަރު ނަގަން މަސައްކަތް ކުރި ނޫސްވެރިންނަށްވެސް ފުލުހުން ހުރަސް އެޅިއެވެ.
މުޒާހަރާގެ އަންހެން ބައިވެރިއެއް ހައްޔަރު ކުރީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފަށް. ބިޑި އަޅުވާ އަނިޔާކޮށް ބަރަހަނާކޮށްގެން. މީޑިއާއަށް ފޑ ބޯންދީފަ. ވަރަށް ގޮތްކުޑަކޮށް ހިންގި އަނޔާވެރި އަމަލެއް. @M_Hameedh @PoliceMv pic.twitter.com/LDSQUlJeSw
— مريم شعنا (@Nannaxeev) May 1, 2021
މިރޭ ފުލުހުންގެ ޢަމަލުތައް ހުރި ގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ފިރިހެން ފުލުހަކަށް އަންހެން ފުލުހަކު ހައްޔަރު ނުކުރެވޭނަކަމަށް ސަންގު ޓީވީގެ ނޫސްވެރިޔާ މާތުވަނީ ބުނެފައެވެ.




