މަޝްހޫރު ޖޯނަސް ބްރަދާސް ބޭންޑްގެ ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް އާއި، "ގޭމް އޮފް ތްރޯންސް"ގެ އެކްޓްރެސް ސޯފީ ޓާނާގެ ކައިވެންޏަށް ދެ އަހަރު ފުރުން ފާހަގަކޮށްފިއެވެ.
މެއި 1 ގައި ކައިވެނިކޮށް ލަސްވޭގެސްގައި ބޭއްވި ކައިވެނީގެ ހަފްލާއަށްފަހު ކައިވެންޏަށް ދެ އަހަރު ފުރިފައިވާއިރު، މި ދެމަފިރިންނަށް މިހާރު ވަނީ އަންހެން ދަރިއަކުވެސް ލިބިފައެވެ.
ޖޯ އާއި ސޯފީގެ ކައިވެންޏަށް ލިބުނު އަލަތު ދަރިފުޅު، "ވްލާ" ވިހާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ތެރޭގައެވެ.
ކައިވެންޏަށް ދެ އަހަރު ފުރުން ފާހަގކުރުމުގެ ގޮތުން މި ދެތަރިންވެސް ވަނީ ކައިވެނީގެ ހަފްލާގެ ފޮޓޯތައް އިންސްޓަގްރަމްގައި ހިއްސާކޮށްފައެވެ.




