ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް - ފޮޓޯ: ޕީއެސްއެމް

ވެންޓިލޭޓަރު ގަތުމަށްވީ އެއްބަސްވުން ބާޠިލްކޮށްފި

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއެކު 75 ވެންޓިލޭޓަރު ގަތުމަށް ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ބާޠިލްކޮށްފިއެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ދެމެދު 2 އޭޕްރިލް 2020 ގައި ވެފައިވާ އެއްބަސްވުމުގައި، އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭންވަނެކަމުގައި ބަޔާންކޮށްފައިވާކަމަށެވެ.

ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން މުދާ ފޯރުކޮށްދީފައި ނުވާކަމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރ މުދާ ފޯރުކޮށްނުދީފިނަމަ އެއްބަސްވުން ބާޠިލުކުރެވިދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ، އެއްބަސްވުމުގައިވާ ގޮތަށް އެ ކުންފުނިން ހުރިހާ މުދާ ފޯރުކޮށްދީފައިނުވާތީ އެއްބަސްވުން ބާޠިލުކުރުމުގެ ގޮތުން 2 މޭ 2021 ގައި ހެލްތު މިނިސްޓްރީން އެ ކުންފުންޏަށް "ޓަރމިނޭޝަން ނޯޓިސް" ފޮނުވާފައިވާކައި އޭޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މި އެއްބަސްވުން ބާޠިލް ކުރިއިރު، އެކުންފުނިން ވަނީ 15 ވެންޓިލޭޓަރު ރާއްޖެއަށް ފޮނުވާފައެވެ. ނަމަވެސް 60 ވެންޓިލޭޓަރު އެ ކުންފުނިން މިއަދައި ހަމައަށްވެސް ފޮނުވާފައިނުވެއެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން ވަނީ އެކުންފުންޏަށް އެޑްވާސް ފައިސަގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދައްކާފައެވެ.

އޭޖީ އޮފީހުން ވިދާޅުވީ އެއްބަސްވުން ބާޠިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށްދީފައިނުވާނަމަ، އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެކަމަށް އެއްބަސްވުމުގަ ބަޔާންކޮށްފައިވާނެކަމަށެވެ. އަދި ކުންފުނިން ފޯރުކޮށްދީފައިނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާ އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ނުދައްކައިފިނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި ސަރުކާރުން ވަނީ ކުރީގެ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ހިމެނެ ގޮތަށް11 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައެވެ. ނަމަވެސް ޕީޖީ އިން ވަނީ އެމައްސަލާގައި ދަޢުވަ ނުކުރުމަށް ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ