މިއީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. އެހެން މީހަކު އާފުރޭތަން ފެނުމުން އަމިއްލާ މީހާވެސް އާފުރެނީއެވެ. އާއްމުކޮށް ގިނަ މީހުންނަށް ހީވެފާ އޮންނަނީ އާފުރުމަކީ، ނިދިއައުމުން ނުވަތަ ފޫހިވުމުން ކުރިމަތިވާ ކަމެއް ކަމުގައެވެ. ނަމަވެސް އާފުރެނީ ކީއްވެގެންތޯ ސައިންސްގެ ނަޒަރަކުން ބަލާލިން ހެއްޔެވެ.؟
ސައިންސްވެރިން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި، އާފުރުމުގެ ބޭނުމަކީ، މީހާގެ ސިކުނޑި އަށް ބުރަވެ ދޮންބޮޑުވާ ހާލަތުގައި ސިކުނޑި ހަމައަކަށް އަޅުވަދީ ސިކުނޑިއަށް ފިނިކަން ލިބިދިނުމަށް ލައްވާފައިވާ ނިޒާމެކެވެ. އާއްމުކޮށް ސިކުނޑީގެ ފިނިހޫނުމިން ބަދަލުވުމަށް ދިމާވަނީ ފިކުރު ބޮޑުވާ ހާލަތުގައެވެ. އެގޮތުން ސްޓްރެސްވެ ހާސްވާ ހާލަތުގައި މީހާގެ ސިކުނޑީގެ ހޫނުކަން ވަރަށް ބޮޑަށް މައްޗަށް ދެއެވެ. އެހެންކަމުން ސިކުނޑި ހަމައަކަށް އަޅުވަދީ ސިކުނޑި ފިނިކޮށްދިނުމަށް އާފުރުން ވަރަށް ބޮޑަށް އެހީވެދެއެވެ.
އާފުރުމުގެ ހަޤީގަތް ހޯދަން ޔުނިވާރސިޓީއެއްގައި ބައިލޮޖީ ކިޔަވާ ދަރިވަރުންތަކެއް ވަނީ، އާފުރުމުކީ ސިކުނޑި ހޫނު ވުމުން ދިމާވާ ކަމެއްތޯ ދިރާސާ ކުރުމަށް މީހުންތަކެއް ބައިވެރިކޮށްގެން "ހައިޕޯތިސިސް ޓެސްޓް"އެއް ހަދާފައެވެ. މި ޓެސްޓުގައި ވަނީ، ފިނިހޫނު މިނާއި އާފުރުމާއި ހުރި ގުޅުން ދެނެގަނެވިފައެވެ. އަދި އެހެން މީހުން އާފުރޭތަން ފެނުމުން އާފުރުމާ ހުރި ގުޅުންވެސް ވަނީ ހޯދިފައެވެ.
އެގޮތުން ނުވަ މީހުން އާފުރޭ ވީޑިއޯ އެއް މި ޓެސްޓުގެ ބައިވެރިންނަށް ވަނީ ދައްކާފައެވެ. މި ދަރިވަރުންނަށް ފާހަގަވިގިތޮތުގައި، މި ޓެސްޓުގައި ބައިވެރިވި 62 ބައިވެރިން ވަނީ، މި ވީޑިއޯ ބެލުމަށް ފަހު ހަމަ އެގޮތަށް އާފުރިފައެވެ. އަދި ފިނިހޫނު މިނާއި އާފުރުމާއި ހުރި ގުޅުން ދެނެގަނެތުމަށްޓަކައި ވަނީ، ބައިވެރިންތައްކެއް ވަކިން ފިނި ތަނެއްގައި އަދި ހޫނުތަނެއްގައި ބެހެއްޓުމަށްފަހު ޓެސްޓްކޮށްފައެވެ.
ދަރިވަރުންގެ މި މަސައްކަތުން އެނގުނުގޮތުގައި، ފިނިތަނުގައި ތިބި ބައިވެރިންނާ އަޅާބަލާއިރު، ހޫނުތަނުގައި ތިބި ބައިވެރިން އާފުރުނުވަރު ގިނައެވެ.




2 Responses
Evves ohtareh nei liumeh. Konmeves hisaabakun heevi aafireythan fenumun aneka aafureny keevegen kan ves bunedhen ulhunuhen namaves evaahaka gebevifa nei. Aadhaige sikundiakun visnias thiya dhiraasa eha furihama eh noon
Aafurumakee theen ehkameh vegen ves vaa gotheh noon. Sikundi fini kuran jeheny ehen meehun fini kuraathan fennumun tha