ހުރާ ދަނޑު - ފޮޓޯ: ކައުންސިލް ކަޕް 2019، ކ.ހުރާ ފޭސްބުކް ޕޭޖް

އެފްއޭއެމް އިން 16 ރަށެއްގައި ޓާފް ދަނޑު އަޅަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއިން) ރާއްޖޭގެ 16 ރަށެއްގައި ޓާފް ދަނޑު އަޅަން ނިންމާ އެކަން ހާމަކުރައްވައިފިއެވެ.

އެގޮތުން ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފް ވަނީ އެފްއޭއެމްގެ އެހީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 16 ފުޓްބޯޅަ ދަނޑު އަޅަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

މި ދަނޑުތައް އަޅަން ނިންމާފައި ވަނީ ރާއްޖޭގެ 13 އަތޮޅެއްގައެވެ.

އެގޮތުން އެފްއޭއެމްގެ އެހީގައި ދަނޑުތައް އަޅަން ނިންމާފައިވާ ރަށްތަކުގެ ތެރޭގައޮ ހއ. ކެލާއާއި، ށ. ކޮމަންޑޫއާއި، ރ. އިނގުރައިދޫއާއި، ބ. ކަމަދޫއާއި، ކ. ހުރާ ގެ އިތުރުން އއ. އުކުޅަހާއި އއ. މާޅޮހާއި، ގދ. ނަޑެއްލާ އަދި ތ. ވަންދޫ ހިމެނެއެވެ. އަދި އދ. ދަނގެއްޗާއި، މ. ނާލާފުއްޓާއި، ފ. ބިލެއްދޫއާއި  ތ.ގުރައިދޫގެ އިތުރުން ލ. މާބައިދޫއާއި، ގއ. ގެމަނަފުއްޓާއި ގއ. ކޮލަމާފުށީގައިވެސް އެފްއޭއިމްއިން އަޅަން ނިންމާފައިވާ ދަނޑުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ފުޓްސަލް ދަނޑުތަކުގެ ބަދަލުގައި ރާއްޖޭގެ ރަށްތަކުގައި ރަނގަޅު ފެންވަރުގެ ފުޓް ބޯޅަ ދަނޑުތައް ޤާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.

ސަރުކާރުން މިހާތަނަށް ވަނީ ރާއްޖޭގެ ބައެއްރަށްތަކުގައި ރަނގަޅު ފެންވަރުގެ ޓާފް ދަނޑުތައް ޤާއިމްކޮށްފައެވެ. އަދި ބައެއްރަށްތަކުގެ ދަނޑުތަކުގެ މަސައްކަތް މިހާރުވެސް އެބަ ކުރިޔަށްދެއެވެ.

އެފްއޭއެމް އިން ޓާފް ދަނޑުތައް އެޅުމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ވިދާޅުވެފައި ވަނީ މި ދަނޑުތަކަކީ ސަރުކާރުން ރާއްޖޭގެ 100 ރަށެއްގައި ޓާފް ދަނޑުތައް އަޅަމުގެ މަސައްކަތް ކުރަމުންދާތީ، އެކަމަށް އެހީތެރިވުމުގެ ގޮތުން އެޅުމަށް ނިންމާފައިވާ ދަނޑުތަކެއްކަމަށެވެ.

މީގެ އިތުރުން މި ދަނޑުތަކަކީ ފީފާ އެޕްރޫވްޑް ދަނޑުތަކެއްކަމަށާއި އެގޮތުން ދަނޑުތަކުގެ މަސައްކަތް ނިމޭއިރު ވަށައިގެން ފެންސް ޖެހާ، ލައިޓް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މި ދަނޑުތަކުގައި އިލެކްޓްރޯނިކް ސްކޯ ބޯޑްވެސް ހުންނާނެކަމުގައި ބައްސާމް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ