އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލު - ފޮޓޯ: އަދަދު

ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި

އެފް.އޭ.އެމްގެ ރައީސް ބައްސާ،މް އަދީލް ޖަލީލްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވާތީކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ދިވެހި ފުޓްބޯޅައިގެ ރައީސް ބައްސާމްގެ ޕާސްޕޯޓް ފުލުހުން އެދިގެން ހަމަސް ދުވަހަށް އިމިގްރޭޝަނުން ހިފެހެއްޓިކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.

އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ރާއްޖޭން ބޭރަށް ނުދެވޭގޮތް ހަދާފައި މިވަނީ އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ފުލުހުން ތަހްޤީޤެއް ފަށާފައިވަނިކޮށެވެ.

އެފްއޭއެމްގެ އިދާރާ ރެއިޑްކޮށް ފުލުހުން ހިންގި ތަހްޤީޤަށްފަހު ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަކީ ބައްސާމް ކަމަށާއި، އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ.

ބައްސާމްގެ އިތުރުން އެފްއޭއެމްގެ ވެރިންނަށް ކުރެވޭ ތުހުމަތުތައް ބައްސާމް ވަނީ މީޑިއާގައި ދޮގުކޮށްފައެެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ