2500 ޓިކެޓް ނެގީ ކުޅުންތެރިންގެ އާއިލާ އާއި ސްޕޮންސަރުންނަށް: އެފްއޭއެމް

ސާފް ޗެމްޕިއަން ޝީޕްގައި ދިވެހި ރާއްޖެ އާއި ސްރީ ލަންްކާ މާދަމާ ބައްދަލު ކުރާ  މެޗުގެ ކުޅިބެލުމަށް ކުޅުންތެރިންގެ އާއިލާ އާއި އެފްއޭއެމުގެ ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބުތަކަށް ވިއްކުމަށް 2500 ހަމަޖެއްސި ކަމަށް އެފްއޭއެމް އިން ވިދާޅުވެއްޖެއެވެ.

މާދަމާގެ މެޗަށް ޓިކެޓް ގަތުމަށް މިއަދު ހެނދުނުން ފެށިގެން ގަލޮޅު ދަނޑުބޭރުގައި މާދަމާގެ މެޗަށް ޓިކެޓް ގަތުމަށް ބޮޑު ކިއުއެއް އޮތީ ހަދައިފައެވެ. މިއަދު 10:00 ގައި ޓިކެޓް ވިއްކަން ފެށިއިރު، ޓިކެޓް ވިއްކަން ފެށިތާ ގާތްގަނޑަކަށް ގަޑިއިރެއްހާ ތެރޭ ޓިކެޓް ހުސްވެފައިވާ ކަމަށް ކައުންޓަރު ވަނީ ބަންދުކޮށްފައެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ގަލޮޅު ދަނޑަށް ބޭރުގައާއި، އަދި ދަނޑު ތެރެއަށް އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގައިފައެވެ.

މިކަމާއި ގުޅިގެން އެފްއޭމެއިން ނެރުނު ބަޔާނެއްގައި ބުނީ، މާދަމާ އޮންނަ މެޗުގެ ކުޅިބެލުމަށް ކުޅުންތެރިންގެ އާއިލާ އާއި އެފްއޭއެމުގެ ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބުތަކަށް ވިއްކުމަށް ހަމަޖައްސާފައިވާ 2500 ޓިކެޓުގެ އިތުރުން ކުޅިބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް މިހާރު ވަނީ ވިކި ހުސްވެފައި ކަމަށެވެ.

ނަމަވެސް ދިވެހިރާއްޖެ ކުޅޭ މި މެޗުގެ ކުޅިބަލަން ދަނޑަށް ވަނުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީވެ އެކަމަށް ހައްލެއް ހޯދައިދިނުމަށް ސްޕޮންސަރުންނާއި ކުލަބުތަކަށް އަދި ކުޅުންތެރިންގެ އާއިލާތަކަށް ވިއްކުމަށް ހަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން އިތުރު 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް މިހާރުވާނީ ނިންމާފައިި ކަމަށެވެ.

މި 1000 ޓިކެޓް ވިއްކަން ފަށާނީ މީހަކަށް ޓިކެޓެއްގެ މަގުން މިރޭ 20:00 ގައި ސޯޝަލް ސެންޓަރުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ