ފަސް ކުޅުންތެރިން ބާކީކޮށް، ސާފްގެ ފައިނަލް ސްކޮޑް އިއުލާންކޮށްފި

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގެ ގައުމީ ޓީމުގައި ހިމެނޭ 24 ކުޅުންތެރިންގެ ސްކޮޑް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާންކޮށްފިއެވެ.

ގަތަރުގައި މިހާރު ކޭމްޕުކުރަމުންދާ ގައުމީ ފުޓުބޯޅަ ޓީމުގެ ފައިނަލް ސްކޮޑު ހާމަކުރި އިރު މި ސްކޮޑުން 5 ކުޅުންތެރިއަކު ވަނީ ބާކީކޮށްފައެވެ. ގައުމީ ޓީމުން ބާކީވީ މާޒިޔާގެ މޫސާ ޔާމީން (ޔާމްބެ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި ޓީސީ ސްޕޯޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) އާއި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް (ޗޯޓޭ) އަދި ދަ ގްރާންޑޭގެ ޔަސްފާދު ހަބީބް (މުލަކޭ) އެވެ.

ސާފް ޗެމްޕިއަންޝިޕަށް ނެގި ފައިނަލް ސްކޮޑުގައި ސާފް ޗެމްޕިއަންޝިޕްގައި އަލަށް ކުޅޭ 8 ކުޅުންތެރިން ހިމެނެ އެވެ. އެއީ މާޒިޔާގެ އިބްރާހިމް އައިސަމް އާއި ޔުނައިޓަޑް ވިކްޓަރީގެ އަލީ ހައިޝަމް (ޗުމްޕު) އާއި ޒުވާން ގޯލްކީޕަރު އަލީ ނާޖިހް އާއި ކްލަބް އީގަލްސްގެ ހުސެއިން ރާއިފް އަހުމަދު (ހަންނަ) އާއި މުހައްމަދު ނާއިމް އާއި ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަދި ދަ ގްރާންޑޭގެ ގާސިމް ސައްމާމް (ސައްމޭ) އެވެ.

ސާފް ޗެމްޕިއަންޝިަޕަށް ނެގި 24 ކުޅުންތެރިންގެ ސްކޮޑް--

ގައުމީ ޓީމުގެ 24 ކުޅުންތެރިންގެ ސްކޮޑް:

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން: އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ސަމޫހު އަލީ، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އަސަދުﷲ އަބްދުﷲ (އަސަކޮ)

ކުލަބް އީގަލްސް: ހަސަން ރާއިފް އަހުމަދު (ހަންނަ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ޝިފާއު (ކުރޯ)، މުހައްމަދު ނާއިމް، އަސްހަދު އަލީ (އަޑޭ)، އަހުމަދު ނޫމާން (ހެލްމެޓް)

ކުލަބް ވެލެންސިއާ: އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު ފައިސަލް، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ޝަފީއު (ޗެކް)

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ): އިސްމާއިލް އީސާ (މެސީ)، އަލީ ނާޖިހު، އަލީ ހައިޝަމް (ޗުމްޕު)

ދަ ގްރާންޑޭ: ގާސިމް ސައްމާމް (ސައްމޭ)

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 1 - 15 އަށެވެ. މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ. އަދި ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމު ފައިނަލުގައި ކުޅޭނެއެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖެއިން މިހާތަނަށް ވަނީ 2 ފަހަރަކު ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. އެންމެ ފަހުގެ ސާފްގެ ޗެމްޕިއަނުންނަކީވެސް ރާއްޖެއެވެ.

މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. އެހެންނަމަވެސް، އެހެން ގައުމަކާއި ބައިވެރިނުވެ ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2008 ގައި ބޭއްވި ސްރީ ލަންކާއާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ