އެއްގަމު އުޅަނދުގެ ޤާނޫނާ ޚިލާފުވެގެން ފުލުހުން ޓޯކޮށްފައިވާ ގިނަ އަދަދެއްގެ އެއްގަމު އުޅަނދު ފުލުހުން ނައްތާލައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ، ޓޯކުރެވުފައިވާ އުޅަނދުތަކުގެ ތެރެއިން ނައްތާލަން ހަމަޖެހިފައިވާ އުޅަނދުތައް މިއަދު ނައްތާލާފައިވާ ކަމަށެވެ.
Tow kurevifaiva ulhandhu thakuge therein na’thaalumah hamajehifaivaa ulhandhu thah na’thaalun kuriah dhanee. pic.twitter.com/FfedfLu6vC
— Maldives Police (@PoliceMv) June 15, 2019
ފުލުހުން މިއަދު ހެނދުނު ނައްތާލާފައިވާ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 64 ސައިކަލާއި، ފަސް ބައިސްކަލުގެ އިތުރުން ހަތަރު ފުރޮޅުލީ 10 އުޅަނދު ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
ގިނަ އަދަދެއްގެ އެއްގަމު އުޅަނދު ނައްތާލިއިރު، އެއްގަމު އުޅަނދުތައް ގަވާއިދާ ޚިލާފަށް ޕާކްކުރާނަމަ ސްޓިކަރ ޖެހުމުގެ މަސައްކަތްވެސް ފުލުހުން ކުރެއެވެ.



