ނަޝީދުގެ ސާޖަރީތައް ނިމިއްޖެ

ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ކުރައްވަންޖެހުނު އެންމެހާ ސާޖަރީތައް މިހާރު ނިމިފައިވާކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ހުރިހާ ސާޖަރީއެއް ނިންމިފައިވާ ކަމަށާއި ދެން އޮތީ ފަސޭހަ ވުމުގެ ދިގު މަގު ކަމަށެވެ.

ރައީސް ނަޝީދައް އަމާޒުކޮށް އެމަނިކުފާނު ގޭކައިރީ އެއްޗެއް ގޮއްވާލުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލުގައި ޖުމްލަ ހަތަރު ސާޖަރީއެއް ކޮށްފައި ވެއެވެ.

މިހަމަލާގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތުން ހަ މީހަކަށް ވަނީ އަނިޔާވެފައެވެ. އެއީ ތިން ސިފައިންނާއި އާއްމު މީހެއްގެ އިތުރުން ބިދޭސީއަކަށެވެ. ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ މި ހަމަލާއާއި ގުޅުންހުރި ހަތަރު މީހަކު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިހަމަލާ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ދިވެހި ފުލުހުންނާއި ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންގެ އެހީގައި މިހާރު އައްނަނީ ތަހުގީގު ކުރަމުންނެވެ. މިމައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ