ނެޓްފްލިކްސްއިން އަރަބި ބިރުވެރި ސީރީޒެއް

ނެޓްފްލިކްސް އިން އެކުންފުނީގެ އޮރިޖިނަލް އަރަބި ސީރިޒްއެއް ހަދަން ނިއްމާފައިވާކަން އިއުލާންކުރިތާ ގާތްގަނޑަކަށް އަހަރެއް ވަރު ދުވަސްވެފައިވަނިކޮށް، ނެޓްފިލްކްސްއިން އަރަބި ބަހުން އުފައްދާ ފުރަތަމަ ސީރީޒް ނެޓްފިލްކްސް އިން ދައްކަން ފަށާފިއެވެ.

ސުޕަނެޗުރަލް ބިރުވެރި ސީރީޒް "ޖިން" ނެޓްފްލިކްސްއިން ސްޓްރީމްކޮށް ބެލޭނެ ގޮތް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ވަނީ ހަމަޖައްސާފައިވާއިރު، ސީރިޒް ނެޓްފިލްކްސް ދައްކަންފަށާފައިމިވަނީ، މި ސީރީޒް ރެޑް ކާރޕެޓް އިވެންޓުގައި ލޯންޗުކުރިތާ އެއްދުވަސް ފަހުންނެވެ.

5 އެޕިސޯޑުގެ މި ބިރުވެރި ސީރިޒް ނެޓްފިލްކްސްއިން 4 ބަހަކުން ގެނެސްދޭއިރު، މިހާރު 190 ގައުމަކަށް ސްޓްރީމްކޮށް މި ސީރީޒް ބަލާލެވޭނެއެވެ.

އިނގިރޭސި ހިންދީ، ޕޯޗުގަލް އަދި ފްރެންޗް ބަހުން މި ސީރީޒް ބަލާލެވޭނެ ގޮތް ނެޓްފިލްކްސް ހަމަޖައްސާފައިވާއިރު، 20 ބަހަކުން ސީރީޒްގެ ސަބްޓައިޓްލްސް ވެސް ހިމެނޭނެއެވެ.

ޖޯޑަންގެ ސިޓީއެއްކަމުގައިވާ "ޕެޓްރާ"ގައި މަންޒަރުތައް ނަގާފައިވާ "ޖިން" ގައި ދައްކުވައިދެނީ، ހައި ސްކޫލްގެ އެކުވެރިންތަކަކަށް ދިމާވާ ބިރުވެރި ހާދިސާތަކެކެވެ. އެގޮތުން އެކުދިންގެ ދިރިއުޅުމަށް ޖިންނިއެއްގެ ސިފައިގައި އަންނަ ފިރިހެން ކުއްޖެއްގެ ސަބަބުން އެމީހުންނަށް ދިމާވާ ބިރުވެރި ކަންތައްތައް މި ސީރީޒްގައި ފެނިގެންދެއެވެ،

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ