ލ. ގަމު މިސްކިތެއްގައި ރޭ ދަމު ނަމާދު ކުރަމުން ދަނިކޮށް މީހަކު މުދިމަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.
މި މައްސަލަ ތަޙްޤީޤު ކުރަމުން ދާކަން ފުލުހުނީ ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން ވިދާޅުވީ ލ. ގަމު ތުނޑި، އާބާދީ ސަރަހައްދު މިސްކިތުގައި ދަމު ނަމާދު ކުރަމުން ދަނިކޮށް މިސްކިތައް މީހަކު ވަދެ މުދިމަށް ހަމަލާދީފައިވާ މައްސަލައެއް ރޭ ފުލުހަށް ހުށައެޅިފައިވާކަމަށެވެ.
އެގޮތުން އެމީހާ ވަނީ މިސްކިތައްވަދެ ދަމު ނަމާދު ކުރަމުން ދަނިކޮށް މުދިމުގައިގާ ޖަހައި މައިކު އެއްލާލުމަށްފަހު ގޮސްފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ ރޭ 02:50 ހާއިރުކަމަށް ކަމަށާއި، އަދި މިމައްސަލަ ތަހްޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މުދިމަށް ހަމަލާދީފައިވަނީ ކީއްވެކަމެއް ފުލުހުން ހާމަ ކުރައްވާފައެއް ނުވެއެވެ.
މަދުން ނަމަވެސް ރާއްޖޭގެ މިސްކިތަތަކުގައި ކޮންމެވެސް ވަރަކަށް މިފަދަ އަމަލުތައް ދަނީ ފެންނަމުންނެވެ.



