ކޮވިޑް ޖެހިގެން ބ. އޭދަފުށިން މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ބ. އޭދަފުށިން މީހަކު ނިޔާވެއްޖެއެވެ.

ކޮވިޑްޖެހިގެން އޭދަފުށިން މިއަދު ނިޔާވެފައި ވަނީ އުމުރުން އުމުރުން ދުވަސްވީ ފިރިހެނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވިދާޅުވީ އެމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 08:30 ގައިކަމަށާއި، ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ނިޔާވެފައިވާކަމަށެވެ. މިއީ ކޮވިޑްޖެހިގެން ރާއްޖޭގައި މިޔާވި86 ވަނަ މީހާއެވެ.

ކޮވިޑް ފެތުރެމުން އަންނާތީ 19 އޭޕްރީލް 2021 އިން ފެށިގެން އޭދަފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކޮވިޑްޖެހިގެން މަރުވާ މީހުން އިތުރުވެފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަަދަދުވެސް ރާއްޖޭގައި މިހާރު އަންނަނީ މީގެ ކުރިން ދުވަހަކުވެސް ނާރާ ވަރަށް މައްޗަށް އަރަމުންނެވެ.

އެގޮތުން އިއްޔެވެސް 1091 މީހަކު މިބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިއީ މިހާތަނަށް އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ދުވަހެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ