ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސް ފެނި މި މަހުގެ މޮނީޓަރިންއަށް ލީ ރަށްތަކުގެ ތެރެއިން ބ. އޭދަފުށި މޮނީޓަރިންއިން ނަގައިފިއެވެ.
އޭދަފުށި އާންމު ހާލަތަށް ގެނެސްފައި މިވަނީ، މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެ ރަށް މޮނިޓަރިންގެ ހާލަތުގައި އޮތުމަށްފަހުއެވެ.
އެޗްޕީއޭ އިން މިއަދު އޭދަފުށި މޮނިޓަރިންގެ ހާލަތުން ނަގައިފައިވާއިރު، މިއަދު އެޗްޕީއޭިން ވަނީ ފުވައްމަުލައް ސިޓީ ބަންދުގެ ހާލަތަށް ލައިފައެވެ. ފުވައްމުލައް މޮނިޓަރިންއަށް ލައިފައިވަނީ، އާންމުގެ ހާލަތަށް ގެނައިޔާ ދެ ހަފްތާއެއްހާ ފަހުންނެވެ.
އެއާއެކު އެޗްޕީއޭ އިން މިވަގުތު މޮނީޓަރިންއަށް ލައިފައި އޮތް ރަށްތަކުގެ އަދަދަކީ 18 އެވެ.
ފުވައްމުލަކު ސިޓީގެ އިތުރުން، މި މަސްތެރޭގައި އެޗްޕީއޭ އިން ބަންދުކުރި ރަށްތަކުގެ ތެރެއިން މިވަގުތު މޮނީޓަރިންގައި އޮތީ 13 ރަށެކެވެ. އެއީ، އއ. ހިމަންދޫ ހދ. މަކުނުދޫ، ބ. ކަމަދޫ، އދ. ހަންޏާމީދު، ހދ. ނެއްލައިދޫ، ހއ. އިހަވަންދޫ، ގދ. ތިނަދޫ، އދ. ދަނގެތި، ގއ. މާމެންދޫ، ގއ. ކަނޑުހުޅުދޫ، މ. މަޑުއްވަރީ، އަދި ކ. ގާފަރެއެވެ.
އޭގެއިތުރުން، މިދިޔަ ޖުލައި މަހު އެޗްޕީއޭއިން މޮނީޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ ތެރެއިން މިވަގުތު ބަންދުގައި އޮތް ހަތަރު ރަށަކީ، ކ. ކާށިދޫ، ށ.ފީވަށް، ހއ. ތަކަންދޫ، އަދި ދ ކުޑަހުވަދޫއެވެ. މީގެ އިތުރުން، މިދިޔަ މެއި މަހުގެ 25 ގައި މޮނީޓަރިންއަށް ލީ ރ. ދުވާފަރު އަދިވެސް އޮތީ ބަންދުގައެވެ.
މިވަގުތު ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ރަނގަޅު ނަމަވެސް، އަތޮޅުތެރެއިން ބަލި ފެންނަލެއް އިތުރުވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިހާރު މުޅި ރާއްޖެއިން 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވަނީ 100 އެއް ހާ ކޭހެވެ.




