ހަޑިހުތުރުބަހުން ވާހަކަ ދެއްކި މައްސަލާގައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެހުރި ޕީއެންސީގެ ރައިސް ޢަބްދުއްރަޙީމް ޢަބްދުﷲގެ މައްޗަށް އުފުލި ދަޢުވާ ކްރިމިނަލް ކޯޓުން މިއަދު ބާޠިލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އެދަޢުވާ ބާޠިލް ކޮށްފައި ވަނީ އެ މައްސަލާގައި ހެކި ހޯދާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށްވާތީއެވެ.
ކްރިމިނަލް ކޯޓުން އެމައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ މި މައްސަލާގައި އޯޑިއޯ އަދި ވީޑިއޯ ރިޕޯޓް ހެދުމަށް ސާމްޕަލް ނެގުމުގައި ޢަމަލު ކޮށްފައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނާ 48 ވަނަ މާއްދާ އާއި ހިލާފަށް ކަމަށެވެ.
އެގޮތުން މި މައްސަލާގައި ހުށައަޅާފައިވާ އެންމެ މުހިންމު ދެ ހެކި ބަލައިނުގަނެވޭނެ ކަމަށް ކޯޓުންނިންމުމުން ދެން ހުރި ހެކިތަކަކީ އެކަށީގެންވާ ހެކިތަކެއް ނޫންކަމަށް ބަލައިމި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ނިންމާފައެވެ.
އަބްދުއްރަހީމްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ މިހާރު ހުކުމް ތަންފީޒު ކުރަމުންއަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވި ދުވަހު އެ ސަރަހައްދުގައި ކުރިޔަށްގެންދިޔަ މުޒާހަރާގެ ތެރޭގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ނިސްބަތްކޮށް ހުތުރުބަސް ބޭނުންކުރިކަމަށް ބުނެއެވެ.
ކްރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްލިޔަސް، މި މައްސަލަ އިސްތިޢުނާފު ކުރުމުގެ ފުރުޞަތު ދަޢުލަތަށް އޮންނާނެއެވެ.



