އިސްރާއިލް ސިފައިން އަގްސާ މިސްކިތުގެތެރޭ ހަރަކާތްތެރިވަނީ

އަގްސާ މިސްކިތުގައި ހިނގި ހަމަނުޖެހުންތަކުގައި 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ

އަގްސާ މިސްކިތުގައި މިއަދު ހިނގި ހަމަނުޖެހުންތަކުގައި 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

މި ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ އިސްރާއިލް ސިފައިން އަގްސާ މިސްކިތް ތެރެއަށް މިއަދު ހެނދުނު ވަދެ މިސްކިތުގައި އަޅުކަން ކުރަން ތިބި ފަލަސްތީން ރައްޔިތުން ނެރުމަށް ބާރުގެ ބޭނުން ކުރަން ފެށުމުންނެވެ.

އިސްރާއިލް ސިފައިންނާއި ފަލަސްތީން ރައްޔިތުންނާއި ދެމެދު ހިނގި މި ކުރިމަތިލުންތަކުގައި އިސްރާއިލް ސިފައިންވަނީ ރަބަރު ވަޒަނާއި، ކަރުނަގޭހާއި، އަދި ސައުންޑް ބޮމްބްސް ބޭނުން ކޮށްފައެވެ. މި ކުރިމަތިލުމުގައި ގެއްލުން ލިބުނު ބަޔެއް ފަރާތްތަކަށް ހޮސްޕިޓަލުތަކުގައިވެސް ފަރުވާދޭން ޖެހިފައި ވެއެވެ.

އަގްސާ މިސްކިތުގައި އިސްރާއިލް ސިފައިން އިސްވެ ހަމަނުޖެހުންތައް ހިނގައިފައި މިވަނީ ހިފައިފައިވާ އިރުމަތީ ގުދުސްގައި އިސްރާއިލް ޔަހޫދީންގެ ހާއްސަ ހިނގާލުމެއްވެސް މިއަދު ބާއްވަން ރާވާފައި ވަނިކޮށެވެ. މި ހިނގާލުމަކީ އިސްރާއިލް ސިފައިން އިރުމަތީ ގުދުސް ހިފި އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާވާފައިވާ ހިނގާލުމެކެވެ.

އަގްސާ މިސްކިތުގެ އިމާމް ޝެއިހް އިކްރިމާ ސަބްރީ ވިދާޅުވީ އިސްރާއިލް ސިފައިން އަގްސާ މިސްކިތުގެ ތެރެއަށްވަދެ ހަމަނުޖެހުން ހިނގައިފައިވަނީ އިސްރާއިލްގެ ބޮޑުވަޒީރުގެ އަމުރަށް އިސްރާއިލް ރައްޔިތުން ހިތްހަމަޖައްސައިދީ ބޮޑުވަޒީރުކަމުގައި ހުރުމުގެ ބޭނުމުގައި ކަމަށެވެ. ސަބްރީ އިތުރަށް ވިދާޅުވީ އިސްރާއިލް ސިފައިން މިއަދު އަގްސާ މިސްކިތުގައި ހިނގި ހަމަނުޖެހުންތަކަކީ މާފު ކުރެވެންނެތް ކުށެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބުއްޅަބޭ

    ކަލޯ ކީއްވެ 10 އަށްވުރެން ގިނައޭ ނުބުނީ….
    އެހެން ހުރިހާ މީޑިއާ ތަކުން 278 ކަމުގައި ލިޔަމުން ކިޔަމުންދާއިރު ކަލޯ އެއްވެސް އަސަރެއް ނެތި ތިހެން ތިޖަހާލަނީ …. ޖޮބްވީމަ ދޯ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ