އިސްރާއިލުން އަނެއްކާވެސް ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީފި

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސް ޖަމާއަތާ އިސްރާއިލާ ދެމެދު މިދިޔަމަހު ވެފައިވާ އެއްބަސް ވުމަށްފަހު ފުރަތަމަ ފަހަރަށް އިސްރާއިލުން ފަލަސްތީނުގެ ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

ރޭ ފަތިހު ގައްޒާއަށް އިސްރާއިލް ސިފައިން ވައިގެ މަގުން ދިން މި ހަމަލާތަކުގައި މިހާތަނަށް އެއްވެސް މީހަކު ޝަހީދުވެފައިވާކަމުގެ ރިޕޯޓުތައް ލިބިފައި ނުވާއިރު އިސްރާއިލުން ބުނީ މި ހަމަލާތައް ދީފައިވަނީ ގައްޒާއިން އިސްރާއިލް ތެރެއަށް ފޮނުވާ އަލިފާނުގެ ފުއްޕާހަންތަކުގެ ރައްދުގައި ކަމަށެވެ.

ގައްޒާގެ ތެރެއިން އިސްރާއީލަށް ފޮނުވި އަލިފާން ފުއްޕާހަން ތަކުގެ ސަބަބުން އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި 20 ވަރަކަށް އަލިފާންގަނޑު ރޯވެފައިވާކަމަށާ މީގެތެރެއިން ބައެއް ފުއްޕާހަންތައް ވެއްޓިފައި ވަނީ އިސްރާއީލުގެ ދަނޑުތަކަށް ކަމުން އެތަށް ދަނޑެއް އަނދައިގެން ގޮސްފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއިލް އަސްކަރިއްޔާއިން ބުނީ، ރޭގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ހަމާސް ޖަމާއަތުގެ މަގާމްތަކަށް ކަމަށާއި މި ހަމަލާތައް އަމާޒްކުރި ތަންތަނުގެ ތެރޭ ގައްޒާ ސިޓީ އާއި ހާން ޔޫނުސް ޓައުންވެސް ހިމެނޭ ކަމަށެވެ.

ހަމާސް ޖަމާއަތުގެ ތަރުޖަމާނަކުވެސްވަނީ އިސްރާއިލުން ވައިގެ ހަމަލާތަކެއް ދީފައިވާކަން މީޑިއާއަށް ކަށަވަރު ކޮށްދީފައެވެ. މީގެއިތުރުން ފަލަސްތީނުގެ ރައްޔިތުން އިސްރާއިލާއި ދެކޮޅަށް ކުރާ ޖިހާދު ހުއްޓާނުލައި ކުރިއަށްދާނެ ކަމަށާއި ގުދުސްގައިވާ މުގައްދަސްތަންތަނުގެ ދިފާއުގައި މަސައްކަތް ކުރާނެކަމަށްވެސް ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ