އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 48 މީހުން ޝަހީދުކޮށްލައިފި

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 48 މީހުން ޝަހީދުކޮށްލައިފިއެވެ. މީގެތެރޭގައި 14 ކުޑަކުދިންވެސް ހިމެނެއެވެ.

އިސްރާއިލުން ޣައްޒާއަަށް ހަމަލާދޭން ފަށައިފައިވަނީ އިސްރާއީލު ސިފައިން މަސްޖިދުލްއަގްސާ އަށް ދިން ހަމަލާގައި އެތައް ބަޔަކު ޒަހަމް ވުމާއި ގުޅިގެން، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ ެހަމާސް ޖަމާއަތުން އިސްރާއިލަށް ރޮކެޓް ހަމަލާތައް ދޭންފެށުމާއި ގުޅިގެންނެވެ.

އިސްރާއިލަށް އަމާޒުކޮށް ހަމާސް ޖަމާއަތުން ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް މިހާތަނަށް ފޮނުވާލައިފައިވާއިރު މީގެތެރެއިން ގިނަ ހަމަލާތައް އަމާޒަށް ވާސިލްވުމުގެ ކުރިން އިސްރާއިލުންވަނީ ވައްޓާލައިފައެވެ. ހަމާސް ޖަމާއަތުގެ ހަމަލާތަކުން މިހާތަނަށް އިސްރާއިލުން މަރުވެފައިވަނީ ހަމީހުންނެވެ.

އިސްރާއިލުގެ ޑިފެންސް މިނިސްޓަރ ބުނެފައިވާގޮތުގައި ޣައްޒާއަށް މިހާރު ދެމުންދާ ވައިގެ ހަމަލާތައް ހުއްޓާލާނެ ވަކި ތާރީހެއް އަދި ކަނޑައަޅައިފައެއް ނުވެއެވެ. މީގެއިތުރުން ވައިގެ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރުވެސްވަނީ ދީފައެވެ.

ފަލަސްތީނުގައި އިސްރާއިލުން ގަތުލު އާންމު ހިނގާކަމަށް ބުނެ ގިނަ ގައުމުތަކެއްގައި އިހުތިޖާޖުތައް ކުރަމުން އަންނައިރު ގިނަ ގައުމުތަކެއްގެ ލީޑަރުންވެސްވަނީ ދެގައުމުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލައިފައެވެ.

ހަމާސްއިންވަނީ ފަލަސްތީނުން ކުރަނީ އަމިއްލަ ނަފްސު ދިފާއު ކުރުމަށްޓަކައި މިނިވަން ކަމުގެ ހަނގުރާމައެއް ކަމަށް ބުނެފަ އެވެ. އިސްރާއީލު ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ސިފައިން ފައިބައި އެބިންތައް މިނިވަން ކުރެވެންދެން އިސްރާއީލަށް ހަމަލާދީ މިނިވަންކަމުގެ ޖިހާދު ކުރިޔަށްގެންދިޔުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގައި ފަލަސްތީނަށް ލިބިދީފައިވާ ހައްގެއްކަން ބަޔާންކޮށް އެހައްގުގެ ބޭނުން ކުރުމުގައި ދެމިތިބޭނެ ކަމާއި އިސްރާއީލުގެ އުދުވާނާއި ބިރުދެއްކުމަށް ނުސިހޭނެ ކަމަށް ޙަމާސްް އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ