ގއ. އަތޮޅުން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ދެންމެ ނެރުނު މި ރީނދޫ ސަމާލުގައި ބުނެފައިވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލުނެރެފައިވަނީ މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭ 20:00 އާއި ދެމެދެވެ.

މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެން ވާކަމަށެވެ.

ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށް ލަފާކުރެވޭއިރު، ރާޅުގެ އުސްމިން 4 - 8 ފޫޓަށް ހުއްނާނެ ކަމަށާއި ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ