އިމާރާތެއްގެ މަތިން ދަގަނޑެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުންވެއްޖެ

މާލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން ދަގަނޑެއް ވެއްޓި ހަތަރު ސައިކަލަކަށް ގެއްލުންވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު މެންދުރުފަހު 14:20 ހާއިރު ކޮއިމަލާ ހިނގުމުގައި ހަދަމުންދާ އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާއިން 10 ވަރަކަށް ފޫޓުގެ ދަގަނޑެއް ވެއްޓި އެމަގުގައި ޕާކުކޮށްފައި ހުރި ހަތަރު ސައިކަލަކަށް ގެއްލުން ވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގެ މައުލޫމާތު ހައުސިން މިނިސްޓްރީ އަދި ސިޓީ ކައުންސިލާއި ހިއްސާކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މާލޭގެ އިމާރާތްތަކުން މަގުމައްޗަށް ނުރައްކާތެރި އެއްޗެހި ވެއްޓި ހާދިސާތައް ހިނގުން މިހާރު ވަނީ އާއްމު ކަމަކަށް ވެފައެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރު މުއައްސަސާތަކުން މަސައްކަތް ކުރައްވައެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ