އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެ

މާލޭގައި އިމާރާތް ކުރުމުންދިޔަ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ.

ހެންވޭރުގައި ހަދަމުންދިޔަ އިމާރާތެއްގެ ފުރަތަމަ ފަންގިފިލާއިން ވެއްޓިފައިވަނީ ބިދޭސީއެކެވެ.

ފުލުހުން ވިދާޅުވީ، އެ އިމާރާތުން ބިދޭސީ މީހާ ވެއްޓުނު ކަމުގެ މަޢުލޫމާތު މިއަދު 11:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވާ މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

"މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުން. އަނިޔާވި މީހާގެ ހާލު ސީރިއަސް ނޫންކަމަށް އައިޖީއެމް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އިމާރާތުގެ ފުރަތަމަ ފަންގިފިލާއިން ވެއްޓުނު ބިދޭސީ މީހާއަކީ އިމިގްރޭޝަން ޤާނޫނާއި ޚިލާފަށް އުޅޭ މީހެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ