ހަދަމުންދިޔަ އިމާރާތަކުން ބިއްލޫރިގަނޑެއް ވެއްޓިއްޖެ

މާލޭގައި އިމާރާތްކުރަމުން ދިޔަ އިމާރާތެއްގެ މަތިން ބިއްލޫރިގަނޑެއް ވެއްޓިޖެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހެންވޭރު ވައިލެޓް މަގުގައި ހަދަމުންދިޔަ އިމާރާތަކުން ބިއްލޫރިގަނޑެއް ވެއްޓުނު ކަމުގައ މަޢުލޫމާތު މިއަދު މެންދުރު 12:49 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"ބިއްލޫރިގަނޑު ވެއްޓި އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލުތަކަށް ގެއްލުން ލިބިފައިވާކަމަށް މަޢުލޫމާތު ލިބިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ މިހާރު ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި 8 ސައިކަލަށް ގެއްލުން ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށާއި، މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

މާލޭގައި އިމާރާތްކުރަމުންދާ ތަންތަނުން މަގުމައްޗަށް އެއްޗެހި ވެއްޓި ނުރައްކާތެރި ހާދސާތަކެއް ވަނީ ހިނގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ