އެމެރިކާގެ މަޝްހޫރު ކޮމޭޑިއަން އެލެން ޑީ ޖެނެރަސްގެ ޓޯކް ޝޯ، "ދަ އެލެން ޑިޖެނެރަސް ޝޯ"، އަންނަ އަހަރު ހުއްޓާލާނެކަން އިއުލާންކޮށްފިއެވެ.
2003 ވަނަ އަހަރު ދައްކަން ފެށި މި ޓޯކް ޝޯ 2022 ވަނަ އަހަރު ނިއްމާލަން ނިންމާފައިމިވަނީ، މި ޝޯގެ 19 ސީޒަން ގެނެސްދިނުމަށްފަހުއެވެ.
މި ޝޯ 2022 ވަނަ އަހަރު ނިއްމާލާނެކަމަށް މީގެ ކުރިންވެސް ވަނީ ވާހަކަދެކެވިފައެވެ. އެއީ 2019 ވަނައަހަރު މި ޝޯގެ ކޮންޓްރެކްޓް ތިން އަހަރަށް އާކުރުމުގެ ކުރިންވެސް، 16 ވަނަ ސީޒަންއިން މި ޝޯ ނިއްމާލަން ބޭނުންވިކަމަށް އެލެން މީގެ ކުރިން ބުނެފައިވާތީއެވެ.
ހޮލީވުޑް ރިޕޯޓަރ އަށް ދިން އިންޓަވިއުއެއްގައި އެލެން އޭރު ބުނެފައި ވަނީ، 2019 ވަނަ އަހަރު އޭނާ ބޭޏުންވީ އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރަން ކަމަށާއި، ނަމަވެސް ވާނާ ބްރަދާސް އިން 4 އަހަރަށް ކޮންޓްރެކްޓް އާ ކުރަން ބޭނުންވުމުން، 3 އަހަރަށް ކޮންޓްރެކްޓް އާ ކުރީ ކަމަށެވެ. އަދި 19 ވަނަ ސީޒަން އަށްފަހު ޝޯ ހުއްޓާލާނެކަމަށް އެލެން ބުނެފައިވެއެވެ.
އެލެން ބުނީ، ޝޯ ނިއްމާލަން ބޭނުންވަނީ، ޝޯ އިތުރަށް އޭނާއަށް ޗެލެންޖިން ނޫންވީމާ ކަމަށެވެ.
އެލެންގެ މި ޝޯ ނިއްމާލާއިރު، އެލެންގެ ކުރީގެ ސްޓާފުންތަކަކަށް އޭނާ ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ މިދިޔަ އަހަރު ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. މިތުހިމަތުތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެލެން އަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.




