އެމްޑީޕީ އެތެރޭގެ އިންތިހާބު ފަސްކޮށްފި

މޯލްޑިވިއަން ޑިމަކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބު ފަސްކޮށްފިއެވެ.

މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބު ފަސްކުރިކަން ހާމަކޮށް އެމްޑީޕީއިން ވިދާޅުވީ، މިނިންމުން ނިންމާފައިވަނީ، ޕާޓީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްދީ، އެމަނިކުފާނުގެ ޙާލުކޮޅު ސީރިއަސްވެ، އެމަނިކުފާނަށް ފަރުވާދެމުން ގެންދާ މިވަގުތުގައި އިންތިޚާބު ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ ކަމަށެވެ.

މީގެއިތުރުން އެމްޑީޕީ އިން ވިދާޅުވީ، އިންތިޚާބު ބާއްވާނެ ތާރީޚެއް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަނޑައެޅުމަށްފަހު އިޢުލާނު ކުރާނެ ކަމަށާއި އިންތިޚާބު ފަސްކޮށްފައިވީ ނަމަވެސް، އިންތިޚާބާ ގުޅޭގޮތުން ޕާޓީން މިވުގަތަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ. ސިޓީތަކާއި ދާއިރާތަކުގެ ޖުމްލަ 455 މަޤާމަކަށް މިހުން އިންތިޚާބުކުރަން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ