ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޑޭޓާބޭހެއް ގާއިމުކުރަނީ

ލޭ ހަދިޔާކުރުމުގެ މީހުންނާ ގުޅޭ ޑޭޓާބޭހެއް މި އަހަރު ނިމުމުގެ ކުރިން ގާއިމު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ލޭ ހަދިޔާކުރުމުގެ މި އަހަރުގެ ދުވަހާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާވިސަސްއާއި އެލިއާ އިންވެސްޓްމަންޓް ގުޅިގެން ނެޝަނަލް އާޓް ގެލލަރީގައި ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ލޭ ހަދިޔާކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ،  ލޭހަދިޔާކުރާ ފަރާތްތަކުގެ ޑޭޓާބޭސް މިއަހަރުގެ ތެރޭގައި ތަރައްޤީކޮށް ބޭނުންކުރެވޭވަރު ވާނެ ކަމަށެވެ.

މި މުނާސަބު ވަގުތުގައި މިނިސްޓަރ އިލްތިމާސް ކުރެއްވީ، ލެއަށް ބޭނުންވެފައިވާ ފަރާތްތަކަށް ލޭ ހޯދައިދިނުމަކީ އެންމެންގެވެސް ފަރުދީ ޒިންމާއެއްކަމުގައި ދެކި، ތިމާގެ އަމިއްލަ ނަފްސުގައި ލޭ ހަދިޔާ ކުރުމުގެ އާދަ އަށަގަންނުވާ، ޤަވާއިދުން ލޭ ހަދިޔާކުރުންމަތީ ދެމިތިބުމަށެވެ.

މި އަހަރުގެ ލޭ ހަދިޔާ ކުރާ ދުވަހުގެ ޝިއާރު "ރައްކާތެރި ލޭ، އެންމެންނަށް" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތްތަކުގައި، ހަދިޔާ ކުރުމުގެ އިތުރުން ހިލޭ ތެލަސީމިއާ ޓެސްޓު ހެދުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ