ބީވީއައިއެސްއެމް އިން ކުރިޔަށްގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން | ފޮޓޯ : ބީވީއައިއެސްއެމް

ބީވީއައިއެސްއެމް އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޖަމިއްޔާ “ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް” (ބީވީއައިއެސްއެމް) އިން ތެލްސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ބީވީއައިއެސްއެމްގެ ރައީސް ޢަލީ ސަމީމް މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ލޭ ހަދިޔާ ކުރުމުގެ ހަރަކާތަކީ އެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ.

ސަމީމް ވިދާޅުވީ ލޭ ހަދިޔާ ކުރުމުގެ ފުރުޞަތު އާންމުންނަށްވެސް ހުޅުވާލެވިފައިވާ ކަމަށާއި މިއަދު ހަވީރު 17:00 އާއި ހަމަޔަށް މި ޕްރޮގްރާމް ކުރިޔަށް ދާނެކަމަށެވެ. މި ޕްރޮގްރާމްގެ ތެރެއިން ގިނަބަޔަކު ވަނީ އަލަށް ލޭ ހަދިޔާކޮށްފައެވެ. ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ފުރުތަމަ ލޭ ހަދިޔާ ކުރެއްވީ ޖަމިއްޔާގެ ރައީސް އަލީ ސަމީމް އެވެ.

ސަމީމް ފާހަގަކުރެއްވީ ވީހާވެސް ގިނަ ފަރާތްތަކުން މި ޕްރޮގްރާމުގައި ބައިވެރިވެ ލޭ ހަދިޔާ ކުރެއްވުމަކީ މުޖުތަމައުގައި ލެޔެށް ބޭނުންވެފައިވާ ކުދިންނަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމެއް ކަމަށެވެ.

އެ ޖަމިއްޔާގެ އަހަރީ ދުވަހަކީ ޖަނަވަރީ 26 އެވެ. ނަމަވެސް ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިޔަށް ގެންދަނީ މިއަދެވެ. މީގެއިތުރުންވެސް އަހަރީ ދުވަހާއި ގުޅިގެން އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އެޖަމިއްޔާއިން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ