އިސްރާއިލުން އިސްވެ އޮވެ ފަލަސްތީނާއި ދެކޮޅަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ދެކޮޅަށް މުޅި ދުނިޔެ ކަހަލަ ގޮތަކަށް މިއަދު މިވަނީ އަޑު އުފުލަން ފަށައިފައެވެ. މިގޮތުން ގިނަ ގައުމުތަކެއްގެ ރައްޔިތުން އެގައުމުތަކުގެ މަގުތައްމައްޗަށް ނިކުމެ އައްނަނީ އިސްރާއިލާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. މިގޮތުން މިފަހަރު މި ބަލައިލަނީ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ބޭއްވުނު މިފަދަ އެއްވުން ތަކަށެވެ.
ތިރީގައިވާ ފޮޓޯއިން އެ ފެނިވަޑައިގައްނަވަނީ ވިލާތުގެ ގައުމެއް ކަމަށްވާ ސުޕެއިންގެ މެޑްރިޑުގައި އިސްރާއިލުގެ އަމަލުތައް ކުއްވެރިކޮށް ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން ހާމަކޮށް ބޭއްވުނު އެއްވުމެއްގައި ބައިވެރިވި އަންހެނެކެވެ.

ދެވަނަ ފޮޓޯއިން މި ފެނިވަޑައިގައްނަވަނީ، ގަތަރުގެ ދޯހާގައި ހުންނަ އިމާމް މުހައްމަދު ބިން އަބްދުލް ވައްހާބް މިސްކިތް ކައިރިއަށް އެއްވި އެތައްހާސް މީހުންގެ ތެރެއިން ބަޔެއްގެ ފޮޓޯއެވެ. މިއެއްވުމުގައި ފަލަސްތީނުގެ ދިދަ ގިނަ އަދަދަކަށް ބޭނުން ކޮށްފައި ވެއެވެ.

ތިރީގައިވާ ފޮޓޯއަކީ ފަލަސްތީން ރައްޔިތުންނާއިއެކު ތިބިކަން ހާމަކޮށް ޖަރުމަނުވިލާތުގެ ޑައުންޓައުން ސުޓަޓްގާރޓުގައި ކުރިއަށްދިޔަ އެއްވުމެކެވެ. މި އެއްވުމުގައިވެސް އިސްރާއިލްގެ އަމަލުތައް ކުއްވެރިކޮށް ފަލަސްތީނަށް ހަމަލާދިނުން ހުއްޓާލުމަށް ގޮވާލައިފައި ވެއެވެ.

ހަތަރުވަނައަށް ހިއްސާ މިކޮށްލާ ފޮޓޯއަކީ ހަނގުރާމައިގެ ސަބަބުން ވީރާނާވެ އަދިވެސް އެ އަޑިގަޑުން އަރައި ނުގަނެވިފައިވާ އިރާގުގެ ވެރިރަށް ބަގުދާދުގައި ބޭއްވުނު އެއްވުމުގެ ފޮޓޯއެކެވެ. މި އެއްވުމުގައިވެސް އެތައްހާސް ބަޔަކު ބައިވެރިވެ ޝުއޫރުތައް ފާޅުކޮށްފައި ވެއެވެ. އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންއަކީ ފަލަސްތީނުގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ވެރިއެކެވެ.

ދެން ހިއްސާކޮށްލާ ފޮޓޯއަކީ އިސްރާއިލްގެ އެންމެ ބޮޑު މަދަދުގާރު، އެހީތެރިއާ އެމެރިކާގައި އިސްރާއިލާއި ދެކޮޅަށް އަދި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ބޭއްވުނު އެއްވުމެއްގެ ތެރެއިން ނަގައިފައިވާ ފޮޓޯއެކެވެ. އިސްރާއިލުން މިހާރު ކުރިއަށް ގެންދާ އުދުވާނީ ހަމަލާތަކާއި އެއްކޮޅުކަން އެމެރިކާގެ ސަރުކާރުން މިހާރުވެސް އައްނަނީ ފާޅުގައި ބުނަމުންނެވެ. ނަމަވެސް އެގައުމުގެ ގިނަ އާންމު ރައްޔިތުން ފަލަސްތީނައް މިނިވަންކަން ހޯދައި ދިނުމަށް ތާއީދު ކުރެއެވެ.

އިސްރާއިލުން ފަލަސްތީނުގެ ބިމުގައި ހިނގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ދެކުނު އެފްރިކާގައިވެސްވަނީ ހިނގާލުންތައް ބާއްވައިފައެވެ. މިގޮތުން ދެކުނު އެފްރިކާގެ ކޭޕްޓައުނުގައި ހުންނަ ޕާލަމެންޓް އިމާރާތުގެ ބޭރުގައިވެސްވަނީ ހިނގާލުންތައް ބާއްވައިފައެވެ.

އިސްރާއިލުގެ އަމަލުތަކާއި ދެކޮޅަށް އެންމެ ފާޅުކަންބޮޑު ގޮތެއްގައި ބަސްފުޅު ވިދާޅުވާ ވެރިއަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއެވެ. އުރުދުޣާންއެކޭ އެއްފަދައިން ތުރުކީގެ ރައްޔިތުންވެސްވަނީ އެގައުމުގެ މަގުތައްމައްޗަށް ނިކުމެ އިސްރާއިލާއި ދެކޮޅަށް އަޑު އުފުލައިފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ބެލްޖިއަމްއިންވެސްވަނީ އިސްރާއިލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށް ބުނެ އަދި ބެލްޖިއަމްގެ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް އެއްވުންތައް ބާއްވައިފައެވެ.

ސަރުކާރުތަކުން އިސްރާއިލްދެކެ ގައްނަ ބިރެއްގެ ބޮޑުކަމުން އެގައުމާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ނުކެރުނު ނަމަވެސް ގިނަ ގައުމުތަކެއްގެ ރައްޔިތުން މިއަދުވަނީ އިސްރާއިލާއި ދެކޮޅަށް އަޑު އުފުލަން ފަށައިފައެވެ. މީގެތެރޭގައި ހާއްސަކޮށް އިސްރާއިލައް މަދަދުވެރިވާ ސަރުކާރުތައް އޮއްނަ ގައުމުތަކުގެ ރައްޔިތުންވެސް ފާހަގަ ކޮށްލެވެއެވެ.






ހިޔާލު
ހާއްްްސަކޮށްް އަހަރެމެންގެސައުދުއެރަބިއްޔާ
ނުވަތައެމެރިކާގެއަޅުވެތިކަމުގައިއޮތްސައުދީކިންގުޑޮމ