ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ޑްވޭން ޖޯންސަން(ރޮކް) ގެ ކުރިއަށް އޮތް ފިލްމް "ޖަންގަލް ކްރޫޒް" ތިއޭޓަރ ތަކަށާއި ޑިޒްނީ ޕްލަސްއަށް ޖުލައި 30 ގައި އަންނާނެކަން އިއުލާންކޮށްފައެވެ.
މި ޙަބަރު އިއުލާންކުރީ ރޮކް މީގެ ހަތަރު ދުވަސްކުރި މީސްމީޑީއާގައި ހިއްސާކުރި ވީޑިއޯ މެސެޖަކުންނެވެ.
ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމްގައިރޮކް އާއެކު ކުޅަދާނެ އަންހެން ބަތަލާ އެމެލީ ބްލަންޓްވެސް ފެނިގެންދާނެއެވެ. ރޮކް ބުނި ގޮތުގައި މި ފިލްމަކީ އޭޏާއަށް ވަރަށް ހާއްސަ ތަޖުރިބާއެއް ކުރެވުނު ފިލްމެކެވެ.
ޖުލައި 30 ގައި މި ފިލްމް ތިއޭޓަރ ތަކުގައި އަޅުވާއިރު، ހަމަ އެ ދުވަހު ގޭގައި ހުރެގެން މި ފިލްމް ޑިޒްނީ ޕްލަސް އިންވެސް ބަލައިލެވޭނެއެވެ.



