ޅ. ނައިފަރު ޒުވާނަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ފުލުހުން އެ މީހާއަށް އަނިޔާކުރީ ފުލުހަކު ކައިވެނިކޮށްގެން އުޅޭ މީހަކާ "ފޮށުނު" ކަމަށް ބުނެ އެވެ. އަނިޔާކުރި މައްސަލަ މިހާރު ވަނީ ފުލުހަށް ހުށައަޅާފައެވެ.
އަދި މިފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފާވާކަމަށާއި، އެކަމާއި ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑުން ބަލަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވިއެވެ.
އަދި އެފަދަ ކަމެއް ފުލުހުން ހިންގާފައިވާނަމަ، މިފަދަ ކަންކަމުގައި ޢަމަލުކުރާ ޢުޞޫލްތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ފުލުހުންގެ އިދާރާއިންވަނީ ދީފައެވެ.
އެރަށުގެ ގޮނޑުދޮށަށް އެޒުވާނާއަށް ފުލުހުން އަނިޔާކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އަަދި އޭނާއަށް އަނިޔާކުރުމާއި ގުޅިގެން ޒުވާނުންތަކެއް މިއަދު ނައިފަރުގައި އިހުތިޖާޖުވެސްވަނީ ކޮށްފައެވެ.
ހިޔާލު
ފުލުހުން ކަމެއް ކުރިޔަސް އެއީhwމަާބޮަޑުކަމެއް ނުން