މަސްވެރި އުޅަނދުތަކުން ކަނޑަށް ޕްލާސްޓިކް އުކާނުލާނެކަމުގެ ވަޢުދުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞޯލިޙްގެ އަތްޕުޅަށް އަރުވައިފިއެވެ.
މި ތާރީޚީ ވަޢުދުގެ ލިޔުން އުޅަނދުތަކުން ރައީސްގެ އަތްޕުޅަށް އަރުވާފައިވަނީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްދިޔަ މި ރަސްމިައްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ޕާލޭ އެއަރ ސްޓްރެޓަޖީ ތަންފީޒުކުރާ ސްކޫލުތަކަށް، އެކަން ފާހަގަ ކުރުމުގެ ގޮތުން ދޭލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވާތީ ތިމާވެއްޓަށް ގެއްލުންވާ ކަންކަމުން ދުރުހެލިވުން ވަރަށްވެސް މުހިންމެވެ.
ހިޔާލު
ibooge waudhu thah fadha nufudhdheyne dhogu vaudheh