މެލޭޝިއާ ފުލުހުން ހަމަލާދީ ހަނގުރާމަވެރި ގުރޫޕެއް ކަމަށްވާ އަބޫ ސައްޔާފްގެ ފަސް ހަނގުރާމަވެރިން މަރާލައިފިއެވެ.
މެލޭޝިއާގެ އޮފިޝަލުން މައުލޫމާތުދޭގޮތުގައި މި ފަސް ހަނގުރާމަވެރިން މަރާލައިފައިވަނީ، ބޯރނިއޯ އައިލެންޑުގެ މެލޭޝިއާވީ ފަޅިންނެވެ. އަދި މި ފަސް ހަނގުރާމަވެރިންނަކީ ފިލިޕީންސްގެ ރައްޔިތުންކަމަށްވެސް އޮފިޝަލުން މައުލޫމާތު ދެއެވެ.
މެލޭޝިއާ ސަބާހް ސްޓޭޓުގެ ޕޮލިސް ކޮމިޝަނަރ ހަޒާނީ ގަޒާލީ މީޑިއާއަށް މައުލޫމާތު ދެމުން މިއަދު ބުނެފައިވަނީ، ހަނގުރާމަވެރިންގި ފަސްމީހުން ފުލުހުން މަރާލައިފައިވަނީ ބޯރނިއޯ އައިލެންޑުގައި ފުލުހުން ކުރިއަށް ގެންދިޔަ ރެއިޑެއްގައި ހަނގުރާމަވެރިން އިސްވެ ހަމަލާ ދިނުމުން ކަމަށެވެ.
މެލޭޝިއާ ފުލުހުން ހަމަލާދީ މަރާލި މަރާލި މީހުންގެ ތެރޭގައި އަބޫ ސައްޔާފު ގުރޫޕުގެ ސަބް ކޮމާންޑަރެއްވެސް ހިމެނެއެވެ. މިއީ ފިލިޕީންސް ސަރުކާރުގެ މޯސްޓް ވޯންޓެޑް ލިސްޓުގައި ހިމެނޭ މީހެކެވެ.
އަބޫ ސައްޔާފު ގުރޫޕަކީ އައިއެސް ޖަމާއަތަށް 2014 ވަނަ އަހަރު ބައިއަތު ހިފައިފައިވާ ހަނގުރާމަވެރި ގުރޫޕެކެވެ. މި ގުރޫޕު މީހުން ގާއިމުވެ ތިބެނީ ފިލިޕީންސްގެ ދެކުނުގައެވެ.




