މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފިއެވެ.
މުހިއްޔުއްދީން ޔާސީން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ ބޭރަށް ހިނގުމުގެ އާލާސްކަންފުޅު ދިމާވެ ބުދަ ދުވަހު ހެނދުނެވެ.
ބޮޑުވަޒީރުގެ އޮފީހުން މިކަމުގެ މާބޮޑު ތަފްސީލެއް މީޑިއާއަށް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، މުހިއްޔުއްދީން ޔާސީންވަނީ 2018ވަނަ އަހަރުގެ ތެރޭގައި ޗިސްމޭގެ ކެންސަރު ޖެހިވަޑައިގެންފައެވެ. އެ ބަލިން އޭނާ ފަސޭހަވެވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ޢުމުރުފުޅުން 74 އަހަރުގެ މުހިއްޔުއްދީން ޔާސީން މެލޭޝިއާގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންފައިވަނީ 2018 ވަނަ އަހަރުގެ މާރޗް މަހުގެ އެއްވަނަ ދުވަހުއެވެ.




