ކްރިސް ހެމްސްވޯތު ގެ އަންހެން ދަރިފުޅަށް "އިންޑިއާ" ކީ ސަބަބު އިނގޭތަ؟

"އެވެންޖާސް" ގެ ފިލްމްތަކުގައި "ތޯރ" ގެ ރޯލު ކުޅެމުންއަންނަ ހޮލީވުޑްގެ މަޤުބޫލު އެކްޓަރު ކްރިސް ހެމްސްވޯތުގެ ދަރިފުޅަށް "އިންޑިއާ ރޯޒް ހެމްސް ވޯތު" ގެ ނަމުން ނަން ދިނީ އިންޑިއާ ދެކެ ވާ ބޮޑު ލޯއްބެއްގެ ސަބަބުންކަމަށް ކްރިސް ބުނެފިއެވެ.

މީގެ ކުޑަދުވަސްކޮޅެއް ކުރިން އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި "ކްރިސް" ބުނީ، އޭނައާއި އޭނަގެ އަންހެނުންގެ ހިތުގައި އިންޑިއާއަށް ދެވިފައިވަނީ ވަރަށް ހާއްސަމަގާމެއް ކަމަށެވެ. އަދި އެ ގައުމަށް ނިސްބަތްކޮށް އޭނަގެ 7 އަހަރުގެ ދަރިފުޅަށް އެ ނަމުން ނަންދިނީ ވެސް އެހެންވެ ކަމަށެވެ.

ކްރިސްގެ އަންހެނުން "އެލްޒާ ޕެޓާކީ" އޭނަގެ ހަޔާތުގެ ގިނަ ވަގުތުތައް އެ އިންޑިއާގައި ހޭދަކޮށްފައިވާކަމަށާއި، އަންހެން ދަރިފުޅަށް އެނަން ދެވުމުގެ އަސްލަކީވެސް އެއީކަމަށް ކްރިސް މި އިންޓަވިއުގައި ބުނެފައިވެއެވެ.

2018 ވަނަ އަހަރު ނެޓްފިލްސްގެ ތްރިލާ ފިލްމް "ޑާކާ" ގެ މަންޒަރުތަކު އިންޑިއާގައި ކްރިސް ޝޫޓު ކުރިއިރު، މަގުތަކުގައި މީހުންތައް ފުރާލާފާ އޮތުމުން، ޝޫޓިންއެއްގެ ތެރޭގައި އެކަހަލަ ތަޖުރިބާއެއް މީގެކުރިން ނުކުރާ ކަމަށްވެސްސް ކްރިސް ބުނެފައިވެއެވެ.

އިންޑިއާގެ ރައްޔިތުންނަކީ ވަރަށް ހިތްހެޔޮބައެއްކަމުގައި ކްރިސް ފާހަގަކޮށްފައިވާއިރު، ފިލްމް ގެ ޝޫޓިން ކުރިއަށްދިތޔައިރު ތިމަންނައަކީ "ރޮކް ސްޓާ" އެއް ކަމަށް އިހްސާސްކުރެވުނު ކަމަށެވެ.

ކްރިސްގެ އަންހެން ދަރިފުޅު "އިންޑިއާ" ގެ އިތުރުން ކްރިސްގެ ދެ ފިރިހެންކުދިންވެސް ތިބެއެވެ. އެއީ ފަސް އަހަރުގެ ޓްރިސްޓަން އާއި ސާޝާ ހެމްސްވޯތެވެ.

މިމަހުގެ ޖޫން 12 ގައި ކްރިސްގެ އެންމެ ފަހުން ރިލީޒްކުރި "މެން އިން ބްލެކް: އިންޓަނެޝަނަލް" ސިނަމާތަކަށް އައިސްފައިވާއިރު، "ތޯ" ގެ އިތުރު ފިލްމްތަކުން އެނބުރި އަންނާނެކަމަށް ކްރިސް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ