ހުޅުމާލޭ އިމާރާތެއް މަތިން ވެއްޓިފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭ އިމާރާތެއް މަތިން ރޭ ދަންވަރު މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން މިރޭ ވިދާޅުވީ، ހުޅުމާލޭ ނިރޮޅުމަގު 6 ނަންބަރު ގޯޅީގައި ޒަހަމްތަކާއެކު މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ރޭ 3:00 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ވެއްޓިފައި އޮއްވާ ފެނިފައިވަނީ 21 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށާއި އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވި ދަނީ ފަރުވާދެމުން ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާގެ ހޭވެރިކަން ނެއްކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ވެއްޓުނު މީހާގެ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު މި ވީޑިއޯއިން ފެއްނަނީ މަގުމަތީ ވެއްޓިފައި އޮއްނަ މީހެކެވެ. މިމީހާގެ ގައިގައި ތިރިން ލައިފައިވާ އެއްޗެއް ނޫނީ ނެއްއިރު މުޅި ގައިވަނީ ލެއިން ތަތްތެޅިފައެވެ. އަދި ވީޑިއޯއިން ފެއްނައިރު އެމީހާ ހަރަކާތްކުރާތަން ފެނެއެވެ.

ފުލުހުން އައްނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
26
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ