ޕްރޮފެސަރ ޙަސަން އުގައިލް - ފޮޓޯ: މިހާރު

ރާއްޖޭގެ ހާލަތާމެދު ވެރިން ކަންބޮޑުވެގެން އުޅޭ ތަނެއް ނުފެނޭ: އުގައިލް

ރާއްޖޭގައި ކޮވިޑް-19 ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، މިކަމާމެދު ޤައުމުގެ ވެރިން ކަންބޮޑުވެގެން އުޅޭތަން ނުފެންނަކަމުގައި ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ހާހުން މަތިވެފައިވާއިރު، މި ބަލީގެ ނުރައްކާ އަތޮޅު ތެރެއަށްވެސް ވަނީ ބަރަށް ބޮޑަށް ކޮށްފައިއެވެ. މިހާރުވެސް ކޮވިޑް-19 ގައި އަތޮޅު ތެރެއިން 70 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ރާއްޖޭގައި ކޮވިޑް-19 ފުރަތަމަ ފެނުނު ދުވަސްކޮޅު ސަރުކާރުން މި ބަލި ފެތުރުނަ ނުދިނުމަށް ވަނީ ވަރަށް ގިނަ ހަރުކަށި ފިޔަވަޅު ތަކެއް އަޅާފައެވެ. އެގޮތުން ރާއްޖެ ލޮކްޑައުންކޮށް އަޅާފައިވާ ފިޔަވަޅުތަކުގައި ދުވަސްކޮޅަކު އޮތުމަށްފަހު ފަހުން ވަނީ މި ފިޔަވަޅު ތަކަށް ލުއިދީ އަދި އޭގެ ފަހުން ވަރަށް ބޮޑަށް ލުއިދީފައެވެ.

އޭރު ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި އޮތުމަށްފަހު މިހާރު އަނެއްކާ މިވަނީ މި ބަލީ ވަރަށް ހަލުވި ކަމާއެކު ފެތުރެން ފަށާފައެވެ.

މި ބަލީގެ ނުރައްކާ އިންތިޚާއަށް ބޮޑު ވެފައިވާއިރު، ސަރުކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއްވެސް އަޅާފައެވެ. ނަމަވެސް ބަލި ފެތުރެމުން އަންނަ ހަލުވި މިނާއި، ބަލީގައި މަރުވާ މީހުންގެ ނިސްބަތަށްބަލައި އެދެވޭ ފިޔަވަޅު ތަކެއް ނާޅާކަމުގައި ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

އެގޮތުން ޕޮރޮފެސަރ އުގައިލް ވިދާޅުވެފައި ވަނީ ކޮވިޑު-19 ގެ ހާލަތު ރާއްޖޭގައި ގޯހުން ގޯހަށް ދާއިރު އަޅުގަނޑުމެންގެ ވެރިން މިކަމާ ކަންބޮޑުވެގެން އުޅޭ ތަނެއް ނުފެންނަކަމަށެވެ.

މީގެ އިތުރުންވެސް އުގައިލް ވިދާލުވެފައި ވަނީ މިވަގުތު ރާއްޖޭގެ ކޯވިޑް-19 ގެ ހާލަތާމެދު ވިސްނާ އެކަން ވަޒަން ކުރާއިރު އިހްސާސްކުރެވެނީ ވަރަށް ހިތްދަތި މަންޒަރެއްކަމަށާއި މިއީ އެންމެން ގުޅިގެން މިކަމުން މިންޖުވާން އިހުނަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވާ ވަގުތެއްކަމަށެވެ.

މި ބައްޔަށް މިހާތަނަށް ރާއްޖެއިން 54،365 އައްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، 126 މީހަކު މިވަނީ މި ބަލީގައި ނިޔާވެފައެވެ.

މީގެ އިތުރުން އެކްޓިވް ކޭސްގެ އަދަދު 22،421 އަށްވުރެ މަތިވެފައިވާއިރު، ހޮސްޕިޓަލުގައި 294 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓާތަކުގެ އެނދުތައް ފުރެމުން އަންނަ އިރު، ބަލީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ދަށްވާން ފަށާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ