ރިލްވާންގެ މަންމައާއި ފްރޮފެސަރ އުގައިލް ބައްދަލުކޮށްފި

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާންގެ މަންމައާއި ފްރޮފެސަރ ހަސަން އުގައިލް ބައްދަލުކޮށްފިއެވެ.

އުގައިލް ވިދާޅުވެފައި ވަނީ ވީނުވީތަނެއް ނޭގި ގެއްލިފައިވާ ރިލްވާނުގެ މަންމާފުޅާ މިއަދު ޒޫމުން ބައްދަލުވެފައިވާކަމަށާއި، މިގޮތަށް ޒޫމުން ބައްދަލުވެ ވާހަކަ ދައްކާލުމުން ސިކުނޑިއަށް ތަސައްލީއެއް ލިބުނު ކަމަށް ރިލްވާންގެ މަންމަ ބުނެފައިވާކަމަށެވެ.

ރިލްވާން ގެއްލުނުތާ 7 އަހަރު ފުރެން ކައިރިވެފައިވާއިރު، އަދިވެސް ރިލްވާންގެ މައްސަލައިގެ ހަޤީޤަތް ވަނީ އެއްކޮށް ނުހޯދިއެވެ.

މީގެ ކުރިން މަރުކޮމިޝަނުން ބުނެފައިވަނީ ރިރްވާން ވަނީ ބަޔަކު ކަނޑުމަތީ މަރާލުމަށްފަހު ކަނޑު ފައްތާފައި ކަމަށެވެ.

އެގޮތުން މަރުކޮމިޝަންގެ އޭރުގެ ރައީސް ހުސްނުއް ސުއޫދޫ ވިދާޅުވެފައިވަނީ ރިލްވާން މަރާލާފައިވަނީ އެޕާޓްމަންޓުން ގަދަކަމުން ރަތްކުލައިގެ ކާރަކަށް އަރުވައިގެން ގެންގޮސް، ޑިންގީއަކަށް އަރުވައިގެން، އަދި އިތުރު ކަނޑު އުޅަނދަކަށް އަރުވައިގެން ގެންގޮސް ކަނޑުމަތީގައި ކަމަށެވެ.

ރިލްވާން މަރާލާފައިވަނީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އައިއެސްއަށް ވާގިވެރިޔާ ހައްދުފަހަނައަޅާފައިވާ ދީނީ ހަރުކަށި ފިކުރުގެ “ޖިހާދީ ފިކުރުގެ ޖަމާއަތުން” ކަމަށްވެސް ސުޢޫދު ވަނީ ވިދާޅުވެފައެވެ.

ރިލްވާންގެ މައްސަލައަށް މިހާތަނަށްވެސް ވަނީ އިންސާފު ނުލިބިއެވެ.

މިލިޔުން ކިޔާލުމުން
32119
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ހައްވަ

    މިހާރު ދެން އެ އޮތީ ތިކަން ކުރި މީހުނާ ކުރި ގޮތް ވެސް އެނގިފާ، ދެން ކީއްވެތަ، ނޭނގެއޭ ހައްލެއް ނުލިބޭ އިންސާފު ނުލިބޭ ކިއަންވީ؟ ވަރަށް ސާފު ނޫންތޯ ތިކަން ވެފަ އޮތް ގޮތް ދެން ޝަރީއަތް ކޮށް ނިންމާލަން ވެފަ ނޫންތޯ؟

    3
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ