އިންޓަނެޓުގެ ހެޔޮ އަގުތައް އިޢުލާނު ކުރުން މާދަމައަށް ލަސްކޮށްފި

އިންޓަނެޓުގެ އަގު ހެޔޮކޮށް، އަގުތައް މިއަދު އިއުލާނު ކުރަން ސަރުކާރުން ނިންމައިފައި ވީނަމަވެސް ހެޔޮ އަގުތައް އިޢުލާނު ކުރުން މާދަމައަށް ލަސްކޮށްފިއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި، އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް ގެނެސް، މި އާ އަގުތައް މާދަމާ އިޢުލާނު ކުރާނީ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު އިބުރާހިމް ސޯލިހެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިންޓަނެޓުގެ އަގަށް ގެންނަ ބަދަލާއިއެކު 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބީ ލިބޭއިރު، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ ލިބޭނެއެވެ. އަދި 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 200 ޖީބީ ލިބޭނެއެވެ. މި ބަދަލު ގަނައުމަށް ނިންމާފައިވަނީ ފިކްސް ބްރޯޑްބޭންޑަށެވެ.

އިންޓަރނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔަސީ ވަޢުދެކެވެ.

އިންޓަރނެޓް އަގު ހެޔޮކުރުމުގެ ވައުދަކީ ގިނަ ރައްޔިތުންގެ ސަމާލުކަން އެ ވައުދަކަށް ވަރަށް ބޮޑަށް ހުއްޓިފައިވާ ވައުދަކަށްވާއިރު، މިހާތަނަށްވެސް އިންޓަރނެޓުގެ އަގަށް އެދެވޭ ހެޔޮ ބަދަލެއް ނާއްނަ މައްސަލައިގައި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އައްނަނީ ކަނބޮޑުވުން ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ