ފިކްސްޑް ބްރޯޑްބޭންޑްގެ އަގު ހެޔޮ ކުރާނީ ޖުލައި މަހު

"ނެޓް އަގުހެޔޮ" ގެ ދަށުން ސަރުކާރުން ކަނޑައެޅި ފިކްސްޑް ރެސިޑެންޝިއަލް ބްރޯޑްބޭންޑްގެ އަގާއި ހިދުމަތަށް ގެނެވިފައިވާ ބަދަލުގެ ފައިދާ، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލިބިވަޑައިގަންނަވާނެ ކަމަށް ސަރުކާރުން އިއުލާންކޮށްފިއެވެ.

މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި އިއުލާންކޮށްފައި ވަނީ އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ހަމަޖެހިފައި ވަނީ ދެ ފޭސްއަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން ފިކްސްޑް ރެސިޑެންޝިއަލް ބްރޯޑްބޭންޑްގެ އަގާއި ހިދުމަތަށް ގެނެވިފައިވާ ބަދަލުގެ ފައިދާ، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލިބޭއިރު، މޯބައިލް ބްރޯޑްބޭންޑްގެ އަގު ހެޔޮ ކުރުމަށް ހަމަޖެހިފައި ވަނީ ދެވަނަ ފޭސްގައެވެ.

"ނެޓް ހެޔޮ"ގެ ދަށުން އިންޓަނެޓްއަށް ގެނައި ހެޔޮ އަގަށް ބަލާއިރު، 30 ޕަސެންޓާ ހަމައަށް ރެސިޑެންޝިއަލް ފިކްސްޑް ޕެކޭޗްތަކުގެ އަގު ވަނީ ހެޔޮ ކޮށްފައެވެ.

އަގަށް މި ގެނެވުނު ބަދަލާއެކު ޑޭޓާ އެލެވެންސާއި، ސްޕީޑް އަދި ތްރޮޓަލް ސްޕީޑް ދަށްނުވާނެ ގޮތަށް 3 ރެސިޑެންޝިއަލް ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖެއް ވަނީ ތައާރަފްކޮށްފައެވެ. އެއީ ލިބޭ 250 ރުފިޔާއަށް ވުރެ ބޮޑުނޫން އަގެއްގައި، 5 އެމްބީޕީއެސްގެ ސްޕީޑް ލިބޭ 30 ޖީބީގެ ޕެކޭޖަކާއި،  500 ރުފިޔާއަށްވުރެ ބޮޑު ނޫން އަގެއްގައި ލިބޭ، 15 އެމްބީޕީއެސްގެ ސްޕީޑް ލިބޭ 100 ޖީބީގެ ޕެކޭޖަކާއި، އަދި 700 ރުފިޔާއަށްވުރެ ބޮޑު ނޫން، 25 އެމްބީޕީއެސް ލިބޭ 100 ޖީބީގެ ޕެކޭޖެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ