އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސުކޮޓް މޮރިއްސަން

އަފްގާނިސްތާނުގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީ ބަންދުކުރަނީ

ސަލާމަތީ ބިރައްޓަކައި އަފްގާނިސްތާނުގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީ ބަންދުކުރަން ނިންމައިފައިވާކަމަށް އެގައުމުން ބުނެފިއެވެ.

އޮސްޓްރޭލިއާ ސަރުކާރުން މި ނިންމުން ނިންމައިފައި މިވަނީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ބޭރުގެ އަސްކަރީ ސިފައިން އެގައުމުން ބޭލުމުގެ މަސައްކަތްތައް ފަށައިފައިވަނީ ދަނޑިވަޅެއްގައެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެމްބަސީ ބަންދުކުރަން ނިންމައިފައިވާކަން ހާމަކޮށް އޮސްޓްރޭލިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނިންމުން ނިންމައިފައިވަނީ، އަފްގާނިސްތާނުގެ ސަލާމަތީ ކަންކަން ހުރިގޮތުން ކަމަށެވެ. އެމްބަސީ ބަންދުކުރިނަމަވެސް އޮސްޓްރޭލިއާގެ ޑިޕްލޮމެޓުން އަފްގާނިސްތާނަށް ޒިޔާރަތްކުރާނެކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އޮސްޓްރޭލިއާގެ މި ނިންމުމާއި ގުޅިގެން އަފްގާނިސްތާނުން ބުނެފައިވަނީ، މި ނިންމުމަކީ ވަގުތީ ނިންމުމަކަށް ވާނެކަމަށް އުންމީދުކުރާ ކަމަށާއި އޮސްޓްރޭލިއާގެ ދާއިމީ އެމްބަސީއެއް އަފްގާނިސްތާނުގައި ހުއްނާނެކަމަށް އުންމީދުކުރާ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނެފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ސިފައިން އަފްގާނިސްތާނުން ބާލަން ފަށާނެ ކަމަށެވެ. މި ނިންމުމަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓުރަމްޕުގެ ނިންމެވުމެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ