ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ފުޅިތަކެއް ގަމުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
"ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ޖޫން މަހުގެ 12 ވަނަ ދުވަހުގެ 10:00 ހާއިރު ލ.ގަން ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި، އެރަށު އިންޖީނުގެއާ ދިމާ ވަލުތެރޭގައި ފޮރުވާފައިހުރި ފޮށިގަނޑެއްގެ ތެރެއިން 36 ފުޅި ބަނގުރާވަނީ ހޯދާފައި" ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުުމުގެ ދަށަށް ގެނެސްފައެއް ނުވާއިރު، ގަން ޕޮލިސް ސްޓޭޝަނުންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




