ލާން ގެންގުޅޭ ހެދުންތަކުގެ ކުލަ ބާވޭތަ؟ މިއޮތީ ހައްލު!

ލާން ގެންގުޅޭ ހެދުންތަކުގެ ކުލަބާވެ ލާހިތް ނުވުން މިއީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ކުލަ ވެއްޓި ހެދުމުގެ އާކަން ގެއްލުމުން ލާން މުޅިން ފޫހިވެއެވެ. ގިނަފަހަރަށް ބަލަނީ ބޮޑު ހޭދައެއްކޮށް އަނެއްކާވެސް އާހެދުމެއް ގަނެވޭތޯއެވެ.

އެހެންނަމަވެސް ކުޑަކުޑަ މަސައްކަތެއް ކޮއްލައިގެން އެކަމުގެ ހައްލު މިއޮތީ ލިބޭށެވެ. ހެދުންތައް ބާވެ، ކުލަ ވެއްޓުނަ ނުދީ ހިފަހައްޓާލަން މިއީ މާބޮޑު ކަމެއް ނޫނެވެ.

އެއްޗިހި ދޮންނަން ބޭނުން ކުރާކަހަލަ ތައްޓެއްގެ ތެރެއަށް ފެންއެޅުމަށްފަހު އޭގެ ތެރެއަށް ހެދުންލާ ރަނގަޅަށް ތެންމާލާށެވެ. ދެން އެއަށްފަހު ކައްކަން ބޭނުންކުރާ ލޮނުން ތިނެއް ނުވަތަ ހަތަރު ސަމްސާ ލޮނު އަޅާށެވެ. ގިނަ ހެދުން ތަކެއް ދޮންންނަނަމަ ދޮންނަ މެޝިން ގެ ތެރެއަށް ޖޯޑެއްގެ ލޮނު އެޅުމަށްފަހު ދޮވެލާށެވެ.

ލޮނުއަޅައިގެން ހެދުންތަށް ދޮވެލުމުން ހެދުމުގެ ކުލަ އަލިވެ، ހެދުމުގައި ޖެހިފައި ހުންނަ ލައްތަކުގެ ކުލަވެސް މަޑުވެއެވެ. މިއީ ލާން ގެންގުޅޭއެއްޗެހި ބާވިޔަނުދީ ގެންގުޅެން ބޭނުން ނަމަ ކޮއްލެވިދާނެ ފަސޭހަކަމެކެވެ.  

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް