ދިވެހިންނަށް ފުދިގެން އުޅެވޭވަރުގެ ފުރިހަމަ ޤުދުރަތީ ވަޞީލަތްތައް ދިވެހި ކަނޑުގައި ލައްވާފައި އެބަހުރި ކަމުގައި ޕޮރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.
އުގައިލް އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދިވެހިންގެ ދިރުއުޅުމާއި، ޞިއްޙަތާއި، ޤައުމުގެ އިޤްޠިޝާދާއި ސިޔާސީ ކަންކަން އެބޭފުޅާގެ ނަޒަރުގައި ޙިއްސާކުރައްވަމުންނެވެ. މީގެ އިތުރުން އިބުރަތްތެރި ވާހަކަތަކުން ދިވެހިންނަށް ނުހަނު އަގު ހުރި ނަޞޭޙަތްތައްވެސް އުގައިލް ދަނީ ދެއްވަމުންނެވެ.
އުގައިލް މިއަދު ވިދާޅުވެފައިވާ ގޮތުގައި އެބޭފުޅާގެ ނަޒަރުގައި އިގްތިސާދީ ގޮތުން ސަތޭކަ އިންސައްތައަށް ފުދިގެން އުޅެވޭވަރުގެ ފުރިހަމަ ގުދުރަތީ ވަސީލަތްތައް ދިވެހި ކަނޑުތަކުގައި ލައްވާފައި އެބަހުއްޓެވެ.
އުގައިލް މިހެން ވިދާޅުވެފައިވާއިރު، ދިވެހިރާއްޖެގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާވެފައިވަނީ ފަތުރުވެރިކަމަށެވެ. އެއަަށްފަހު މަސްވެރިކަމެވެ. މި ދެ ދާއިރާއަށް ބަލާލި ނަމަވެސް ކަނޑު ފަޅާއި، މޫދައި ރާއްޖޭގެ ރީތި ގޮނޑުދޮއްތަށް ހިމެނެއެވެ.
އިގްތިސާދީ ގޮތުން ސަތޭކަ އިންސައްތައަށް ފުދިގެން އުޅެވޭވަރުގެ ފުރިހަމަ ގުދުރަތީ ވަސީލަތްތައް ދިވެހި ކަނޑުތަކުގައި ހުރިކަމަށް އަޅުގަނޑަށް ލަފާ ކުރެވޭ. pic.twitter.com/MfXT7qWKFf
— Professor Ugail (@ugail) May 28, 2021
މީގެ އިތުރުން އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމް ކުރުމުގެ މައްސަލައާއި ގުޅޭ ގޮތުންވެސް އުގައިލް ވަނީ ވާހަކަ ފުޅު ދައްކަވާފައެވެ.
އެގޮތުން އުގައިލް ވިދާޅުވެފައި ވަނީ އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާއި ކިހާ ގާތްގުޅުމެއް އޮތްކަމެއްތޯ އެނގެން ޖެހޭކަމަށާއި، އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލު ކުރެވޭވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީ ގޮތުން މިހާރު ފެންނަން ޖެހޭކަމަށެވެ.
އެހެންނޫންނަމަ، ކަންތައްތައް ކުރުމުގައި އިސްފަސް ވުމުގެ ޖާގަ އޮތްކަމަށް ވިދާޅުވެ އުގައިލް ވިދާޅުވީ މިވަގުތު ކޮންސިއުލޭޓެއް ގާއިމު ކުރުމުގައި އަތޮޅުގެ ވެރިންނާއި ސަރުކާރު މަޝްއޫލުވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއަރާ ގޮތްވުން ވެސް އެކަށީގެންވާކަމަށެވެ.




3 Responses
ސިކުނޑި ނެތް މަސް ގިނައީ. ދެން ކިހިނެއް ހަދާނީ.
އުގައިލޫ ނާސަރީކުއްޖާވެސް ތީތިދަނޭ، ތިކަން ކުރާނެ ބަޔަކާއި، އަދި ކުރެވޭ ޚަރަދު ބޭނުންވަނީ ރަނގަޅު ސިޔާސަތަކާއި އެކު
Ekan emmenahves engey miharuge massala akeedhuniyeah gehigen miulhey museebathehnootha