މަހަށް ނިކުމެ އުޅުނު ހއ. އިހަވަންދޫ ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީށް އަޙްމަދު ޟަބާޙް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހިބަރުގެ މަސްވެރިކަމަށް ނިކުމެ އުޅުނު މި ޑިންގީ ބަންޑުން ޖަހާލިއުރު، ޑިންގީގައި ތިބީ ދެމީހުން ކަމަށެވެ. އަދި ބަންޑުން ޖަހާލާފައިވަނީ ހއ. ދިގުފަރު ބޭރަށް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަޙްމަދު ޟަބާޙް ވިދާޅުވީ ޑިންގީގައި ތިބި 2 މީހުން މިހާރު ވަނީ ކައިރިން ދަތުރުކުރި ދޯންޏަކުން ނަގާފައިކަމަށާއި ޑިންގީ ސަލާމަތް ކުރުމަށް ރަށުން މަަސްދޯންޏެއް އެ ހިސާބަށް ދަތުރުކުރަމުންދާ ކަމަށެވެ.
މިދުވަސްވަރަކީ ރާއްޖޭއަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންކަމުން މިދުވަސްވަރު ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާއިބެހޭ އިދާރާތަކުންވަނީ އިލްތިމާސްކޮށްފައެވެ.



