ނަލައައްސޭރިގޭގައި ރޯވެ އަނދަނީ - ފޮޓޯ: އިހަވަންދޫ.ކޮމް

އިހަވަންދޫ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް!

ހއ.އިހަވަންދޫ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެރަށު ނަލައައްސޭރި ގޭގައެވެ.

އެ ގޭގައި އަލިފާން ރޯވީ މިއަދު މެންދުރު 11 ގެ ފަހުން ކަމަށާއި، ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ނަލައައްސޭރީގައި އަލިފާން ރޯވެފައިވަނީ އެގޭގެ ދެކުނުފަރާތުގައި ހަދާފައިވާ ކޮޓަރިބަރިއެއްގައެވެ. މިހާދިސާގައި އެގޭގެ 2 ކޮޓަރިއެއްވަނީ ބޭނުންނުކުރެވޭވަރަށް އަނދާފައެވެ.

މި ނުރައްކާތެރި ހާދިސާގައި އެކަކަށް ޞިއްޙީމަރުކަޒުން ފަރުވާދޭން ޖެހުނު ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

"އިހަވަންދޫޑޮޓްކޮމް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާދިސާ ހިނގަން މެދުވެރިވީ، އެގޭ ކުޑަ ކުއްޖަކު އަލިފާނާއި ކުޅެންއުޅުމުގެ ތެރޭގައި ހުޅުހިފައިގެންނެވެ.

މިހާދިސާގައި އެގެއާއި ޖެހިގެން ދެކުނަށްހުރި، ބަނަފްސާގެއަށްވެސް އަލިފާނުގެ އަސަރު ކޮންމެވެސްވަރަކަށް  ކުރިނަމަވެސް، އަލިފާން ފެތުރި ނުގަންނަނީސް ވަނީ ކޮންޓްރޯލް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ