ރާޢްޖޭގެ އެކި ކަންކޮޅުތަކަށް ކޮވިޑް-19 ފެތުރިފައިވާ މި ދަނޑިވަޅުގައި، އަތޮޅުތަކުގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސަތްކަތް ބެލުމަށް ކޮންމެ އަތޮޅަކަށް ސިޔާސީ ވެރިޔަކު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ކޮވިޑް19 އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކުރުމަށް އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކޮންމެ އަތޮޅަކަށްވެސް ކަނޑައަޅައިފަވާ ކަމަށެވެ.
ހެލްތް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި ބޭފުޅުން މަސައްކަތް ކުރައްވާނީ، ކައުންސިލްތަކާއި ޓާސްކްފޯސްތަކާ ގުޅިގެން އެ އަތޮޅެއްގެ ކޮވިޑް ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި، ދަތިތައް އެޗްއީއޯސީ އާއި ކަމާ ގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، ރާއްޖޭގެ 70 އަށްވުރެ ގިނަ ރައްތައް މިވަގުތު ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.





ހިޔާލު
މެއި 29, 2021 At 2:50 ޕމ
ކޮލަރާގެ ދުވަސްވަރު ދެތިން ފިބާ އަކާއި ޕިން ފޮށްޓަކާ އަދި ވޯކީޓޯކީއަކާއި ރޭޑިއޯ ސެޓެއް ހިފައިގެން އިނދެ މަރުޙޫމު ސައިކުރާ ނަޢީމު ކުރިވަރު މިއަދު މިތައުލީމީ ޓެކުނޮލެޖީގެ ދުވަހު ނުކުރެވުނު.ވަޅުތަކަށް ބޭސް އަޅާ.ބޭސް ކާންދީ ބަލިމީހުން ބަލަހައްޓާ ދުވަހުން ދުވަހަށް ރައީސަށް ރިޕޯޓު ދިން.
ރައްދު