ފޮޓޯ؛ ޕޮލިސް

މަރުގެ އެކްސިޑެންޓަށްފަހު ފިލި މީހާ ދެނެގަނެވިއްޖެ: ފުލުހުން

ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު ފިލާފައިވާ މީހާއަކީ ކާކުކަން ދެނެގަނެވިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓު ހިނގުމުން ސައިކަލް ދުއްވި ޒުވާނާ ވަނީ ފިލާފައެވެ.

މި އެކްސިޑެންޓުގައި ސައިކަލްގެ ފަހަތުގައި ހުރި އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީ ވަނީ ނިޔާވެފައެވެ. ގާޑިޔަލުގެ މުއްގަނޑު އޭނާގެ ކަރަށް ހެރިފައިވާއިރު، އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ވަނީ ނިޔާވެފައެވެ.

ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕްގައި، މީޑިއާ އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓަށްފަހު މަޑުނުކޮށް ދިޔަ މީހާއާއި ގުޅޭ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، މި މައްސަލައާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި ސައިކަލް ދުއްވި މީހާ މިހާތަނަށް ހައްޔަރު ކޮށްފައިވާކަން އެނގިފައި ނުވާއިރު، މި އެކްސިޑެންޓް ހިނގާފައިވަނީ ކާފިއު ވަގުތުގައެވެ.

މިލިޔުން ކިޔާލުމުން
21112
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ